ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދިރިއުޅުއްވާ ރިޔާސީ ގެކޮޅު ކަމަށްވާ، މުލީއާގެ ދޮށަށްގޮސް ގޮއްވާލާނެ ކަމުގެ އިންޒާރުދިން އެކަކު ދޫކޮށްލައިފިއެވެ.

އިންޒާރުދިން ދެ މީހުން މުލިއާގެ ކައިރިއަށް ދިޔައީ ދަބަހަކާއި ރަތްކުލައިގެ ކޮތަޅެއް އަދި ކަރުދާސް ފޮއްޓެއް ހިފައިގެންނެވެ. އެމީހުން އިންޒާރުދިނީ އެ ފޮށިގަނޑުގައި ބޮމެއް އޮތް ކަމަށް ބުނެއެވެ. އެ އިންޒާރާ ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ އެމީހުން ގެންގުޅުނު ސާމާނުތަކާއި އެ ފޮށިގަނޑު ބަލައި ފާސްކުރުމަށްފަހު، އެ ދެ މީހުން ހައްޔަރުކޮށްފައެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ. އޭނާއަކީ ބޮމެއް އޮތް ކަމަށް ބުނި މީހާއެވެ.

މިއަދު އެ ދެމީހުން ހިފަހައްޓާފައިވަނީ މުލިއާގެ ސެކިއުރިޓީ އޮފިޝަލުންނެވެ. އޭގެފަހުން، ފުލުހުންގެ ހާއްސަ ޓީމެއް އެ ސަރަހައްދަށް ގޮސް އެމީހުން ގެންގުޅުނު ތަކެތި ބެލުމަށްފަހު އެދެމީހުން ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން