އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސް ސްޓޭޓްގައި ކޮވިޑް ބަލި ޖެހިގެން 57 ވަނަ މީހަކު މަރުވެއްޖެއެވެ.
އޮސްޓްރޭލިއާގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވާގޮތުން މިއީ އެގައުމުގައި މިދިޔަ 10 މަސް ދުވަހުގެ ތެރޭގައި ކޮވިޑް ޖެހިގެން މަރުވި ފުރަތަމަ މީހާއެވެ. ކޮވިޑް ޖެހިގެން މަރުވެފައިވަނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސް ސްޓޭޓްގެ ސިޑްނީގެ 90 އަހަރުގެ އަންހެނެކެވެ.
މަޢުލޫމާތު ލިބޭގޮތުގައި މިއަންހެން މީހާއަށް ކޮވިޑް ޖެހިފައިވަނީ އާއިލީ އެއްވުމެއްގައި ބައިވެރިވުމަށް ފަހުއެވެ.
އޮސްޓްރޭލިއާގައި ފެތުރެމުންދާ ކޮވިޑުގެ ޑެލްޓާ ވޭރިއަންޓާއެކު ކޮވިޑް ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުން ގިނަވެ، އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކުގައި ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅާއިއެކު ލޮކްޑައުންވެސް ވަނީ ކޮށްފައެވެ. އެގައުމުގެ ސިއްހީ ވުޒާރާތަކުން ލަފާ ކުރާގޮތުގައި ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ކޮވިޑް ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުންގެ އަދަދު މިހާރަށްވުރެވެސް އިތުރުވުން އެކަށީގެންވެއެވެ.
އޮސްޓްރޭލިއާގައި މިހާތަނަށް 31،000 އަށްވުރެއް ގިނަމީހުންނަށް ކޮވިޑް ޖެހިފައިވާއިރު، މިބަލީގައި ޖުމްލަ 911 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު