ޔޫރޯ ފައިނަލް މެޗުގެ ތެރެއިން ކުޅިބަލަން ވަން ސަޕޯޓަރުންގެ މެދުގައި ހިނގާދިޔަ ހަމަނުޖެހުމުގައި 45 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށް އިނގިރޭސިވިލާތުގެ ފުލުހުން ހާމަކޮށްފިއެވެ.

އިޓަލީއާއި އިންގްލޭންޑް ކުޅުނު މިމެޗް ކުރިއަށް ދިޔައީ އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. މިމެޗްގައި އިޓަލީން ވަނީ އިނގިރޭސިވިލާތުގެ މައްޗަށް ކުރިހޯދައި ޔޫރޯ 2020 ގެ ތަށި އުފުލާލައިފައެވެ.

ނަމަވެސް މެޗުނިމެން އުޅެނިކޮށް، އިނގިރޭސިވިލާތުގެ ޓީމުގެ ސަޕޯޓަރުންނާއި އިޓަލީގެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގައި 45 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އަދި މިހަމަނުޖެހުން ހުއްޓުވުމަށް މަސައްކަތްކުރި 19 ފުލުހަކަށް އަނިޔާވެފައިވާކަމަށް އިނގިރޭސިވިލާތުގެ ފުލުހުން ހާމަކޮށްފައިވެއެވެ.

މިހަމަނުޖެހުންތަކުގެ މަންޒަރުތައް މީސްމީޑިއާގައި ދައުރުވަމުންދާއިރު، ދަނޑުން ނުކުންނަމުންދިޔަ އިޓަލީގެ ޓީމުގެ ސަޕޯޓަރުންނަށް، އިނގިރޭސިވިލާތުގެ ޓީމުގެ ސަޕޯޓަރުން ނުކުމެ އެކިވަރުގެ ހަމަލާ ދޭތަން ފެނިގެން ދެއެވެ. މިއާއެކު އިނގިރޭސިވިލާތުގެ ޓީމުގެ ސަޕޯޓަރުންނަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެ ބަލި ގަބޫލުކުރުމަށްވެސް ގޮވާލާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން