މޫސުން ގޯސްވެ އިންޑިއާގެ ޖައިޕޫރަށް ހޮނު އެޅުމުގެ ހާދިސާއެއްގައި 11 ޒުވާނަކު މަރުވެއްޖެއެވެ.

މިހާދިސާ ހިނގާދިއަޔީ އިންޑިއާގެ ޖައިޕޫރް ސިޓީގެ ފަތުރުވެރިން ގިނައިން ޖަމާވާ މަންޒިލެއްކަމަށްވާ އަމެރް ފޯޓްގައެވެ. މިހާދިސާގައި މަރުވި 11 ޒުވާނުން ތިބީ އަމެރް ފޯޓްގެ ޓެރަސްގައި ސެލްފީ ނަގަން ކަމަށް ބޭރުގެ ގިނަ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ހޮނުއެޅި ހާދިސާ ހިނގާދިއައިރު، އަމެރް ފޯޓްގެ ޓެރަސްގައި ޖުމްލަ 27 މީހަކު ތިބި ކަމަށް ޚަބަރުތައް ބުނެއެވެ.

އިންޑިއާގައި ވިއްސާރަ މޫސުމުގައި މޫސުން ގޯސްވެ ވިދާ ގުގުރާ ހޮނުއެޅުމަކީ އާކަމެއް ނޫނެވެ. އިންޑިއާގެ ފުލުހުން ހާމަކޮށްފައިވާގޮތުގައި، މިދިޔަ އާދީއްތަ ދުވަހު އެކަނިވެސް، އަމެރް ފޯޓްގައި ހިނގާދިޔަ ހާދިސާގެ އިތުރުން، ޖައިޕުރް ނިސްބަތްވާ ރާޖަސްތާން ސްޓޭޓްގައި 9 މީހަކު ވަނީ ހޮނުއެޅުމުގެ ހާދިސާތަކުގައި މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން