ލެވިސްޓާ ކޮފީ ބައްލަވައިގަނެގެން ބޮޑެތި އިނާމުތައް ލިބޭ ޕްރަމޯޝަންގެ ނަސީބުވެރި ފަރާތް އިއުލާނުކުރުން މިއަދު އޮންނާނެ ކަމަށް ލޮޓަސް ފިހާރައިން ބުނެފިއެވެ.


ޖަނަވަރީ މަހުގެ އެކަކުން ފެށިގެން 31 އޭޕްރިލް 2021 އާއި ހަމައަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަން ނިމި މިއަދު ނަތީޖާ އިއުލާން ކުރާއިރު ލެވިސްޓާގެ މި ޕްރަމޯޝަނަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެއްވަނަ އިނާމަކަށް 100000 ރުފިޔާ އަދި ދެވަނަ އިނާމަކަށް ޖީއެން ސައިކަލެއް ލިބޭ މި ޕްރަމޯޝަންގައި އިތުރު އެތައް އިނާމެއް ވެސް ކަނޑައެޅިފައި ވެއެވެ. އެގޮތުން ގުރުއަތުން ތިންވަނައަށް ހޮވޭ ފަރާތަކަށް ކަނޑައެޅިފައިވާ އިނާމަކީ ރަށު ޕިކަޕެކެވެ. މީގެއިތުރުން ގުރިއަތުން ނެގޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް މައުންޓެއިން ބައިސްކަލެއް މި ޕްރަމޯޝަންގައި ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި މިހާރު ލިބެން ހުރި ކޮފީގެ ބާވަތްތަކުގެ ތެރެއިން އެންމެ މީރު އަދި އެންމެ ފެންވަރު ރަނގަޅު ލެވިސްޓާ ކޮފީގެ މި ޕްރަމޯޝަނަކީ މީރު ކޮފީއެއް ބައްލަވައިގެން ނަސީބު ވަޒަންކޮށްލުމަށް ލޮޓަސް ފިހާރައިން ހުޅުވާލި ސަޅި ފުރުސަތެކެވެ.



ލެވިސްޓާ ކޮފީއަކީ މިހާރު ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި ކޮފީގެ ބާވަތްތަކުގެ ތެރެއިން ފެންވަރުގެ ގޮތުން އެންމެ މޮޅު އެއް ކޮފީއެވެ. މިއީ އެންމެ މޮޅު ކޮފީ ބީންސް ޚާއްޞަ ގޮތަކަށް ރޯސްޓްކޮށްގެން އަސްލު ކޮފީގެ ރަހަ ނުގެއްލޭ ގޮތަށް އުފައްދާފައިވާ މޮޅު އުފެއްދުމެކެވެ. ހޫނުކޮށާއި ފިނިކޮށްވެސް ގިރާލެވޭ ލެވިސްޓާ ކޮފީއަކީ ވަރަށް ރަހަމީރު އަދި ބޯލުމުން ހަށީގަނޑަށް ތާޒާކަން ގެނެސްދޭނެ މޮޅު ކޮފީއެކެވެ.

ލޮޓަސް ފިހާރައަކީ ކޮންމެ އަހަރަކުވެސް މިކަހަލަ ތަފާތު ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންދާ ދިވެހިންގެ އިތުބާރު ހޯދާފައިވާ ވިޔަފާރި ޕްލެޓްފޯމެކެވެ. ރީޓެއިލް އަދި ހޯލްސޭލް ކުރުމުގައި ދެގޮތެއް ނުވާ ދިވެހިންގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ ލޮޓަސް ފިހާރައަކީ ފެންވަރުރަނގަޅު ސާމާނު އެންމެ ހެއުއަގުގައި ވިއްކާ ފިހާރައެވެ.

ކިޔުންތެރިންގެ ހިޔާލު