ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)
ވަޒަންތަކަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހައްޔަރުކުރި މީހާގެ ބަންދަށް 3 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ވީއައިއޭއިން ފުރަން ދިޔަ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައެއް މި ޖުލައި މަހުގެ 10 ވަނަ ދުވަހު ހެނދުނު 9:52 ގައި އެ އިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ވަގުތުން އޭނާ ހިފަހައްޓައި، ސުވާލު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެެވެ.

އެއީ، އެފެރިކާގެ ގައުމެއް ކަމަށްވާ ނެމީބިއާއަށް ނިސްބަތްވާ 60 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ޙާޟިރުކުރުމުން، ތަހުގީގުގެ ބޭނުމަށް އޭނާގެ ބަންދަށް ތިން ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އަށްފަހު، މާލެ ސަރަހައްދުގެ ސެކުއިރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ހިމެނެއެވެ. އެއާޕޯޓުގެ ބޭރާ އެތެރޭގައި ސިފައިން އަންނަނީ ހަތިޔާރާއެކު ފޯރިމަރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން