މިދިޔަ 10 ވަރަަަކަށް އަހަރުތެރޭގައި ވާރޭވެހިގެން ފެންބޮޑުނުވާވަރަށް ޖަރުމަންވިލާތުގައި ފެންބޮޑުވެ، އެތައް ބަޔަކު މަރުވެއްޖެއެވެ.
ޚަަބަރުތައް ބުނާގޮތުން ހުޅަނގު ޔޫރަޕަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޖަރުމަންވިލާތުގައި ފެންބޮޑުވެ، 80 މީހުން މަރުވެފައިވާއިރު، 100 އަށްވުރެ ގިނަ މީހުންނަށް ވީނުވީއެއް ނޭނގެއެވެ. މި ވިއްސާރައިގައި ޖަރުމަންވިލާތުން އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަޙައްދުތަކުގެ ތެރޭގައި ރައިންލެންޑް ޕަލަޓިނޭޓް އާއި ނޯތު ރައިން ވެސްޓަފަލިއާ ހިމެނެއެވެ. ވިއްސާރައިގެ ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ޖަރުމަންވިލާތުގެ ޗާންސެލަރ އެންގެލާ މާކެލް ވަނީ ވިދާޅުވެފައެވެ.
ޚަބަރުތައް ބުނާގޮތުން ހުޅަނގު ޔޫރަޕަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކޯރުތައް ފުރިގެން ބަންޑުންވުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.
ޖަރުމަންވިލާތުގެ އިތުރުން ބެލްޖިއަމުންވެސް 12 މީހަކު ވަނީ މޫސުން ގޯސްވެގެން ދިމާވި ހާދިސާތަކުގައި މަރުވެފައެވެ.
ތަޖުރިބާކާރުން ބުނާގޮތުން ހުޅަނގު ޔޫރަޕަށް މިހާރު ކުރަމުންދާ ވިއްސާރައަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ވިއްސާރައެކެވެ. އަދި މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތް މިހާރުވުރެ އަވަސްކުރަންޖެހޭކަން މިކަންކަމުން ހާމަވާކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު