ހަލުވިކަމާއިއެކު ގިނަ ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑުގެ ޑެލްޓާ ވޭރިއަންޓުން ރައްކާތެރިވުމަށް އެންމެ ރަނގަޅީ ފައިޒަރ ކުންފުނިން އުފައްދާފައިވާ ކޮވިޑް ވެކްސިނާއި އެސްޓްރަރޒެނެކާ ކޮވިޑް ވެކްސިންކަމަށް ފަހުގެ ދިރާސާ އަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ޖޯނަލް އޮފް މެޑިސިންގައި ޝާއިޢުކޮށްފައިވާ މިދިރާސާއިން އެކި ވައްތަރުގެ ކޮވިޑް ވެކްސިންތަކުގެ ތެރެއިން

ޑެލްޓާ ވޭރިއަންޓުން ރައްކާތެރިވުމަށް އެންމެ ފައިދާ ބޮޑީ ކޮންވެކްސިނެއްކަން ދެނެގަނެފައިވެއެވެ. މިދިރާސާއިން ދައްކާގޮތުގައި އެހެން ކޮވިޑް ވެކްސިންތަކާ އަޅާ ބަލާއިރު ފައިޒަރ ކޮވިޑް ވެކްސިނުގެ ދެޑޯޒުން ނުވަތަ އެސްޓްރަރޒެނެކާ ކޮވިޑް ވެކްސިނުގެ ދެޑޯޒު ފުރިހަމަ ކުރުމުން ޑެލްޓާ ވޭރިއަންޓުން ރައްކާތެރިވުމަށް ފައިދާ ބޮޑުކަމަށްވެއެވެ.

މިގޮތުން ފައިޒަރގެ ދެޑޯޒުން 88 އިންސައްތައާ ހަމައަށް ރައްކާތެރިކަން ލިބިދެއެވެ. އަދި އަލްފާ ވޭރިއަންޓުން ރައްކާތެރި ވުމުގެ ނިސްބަތް 93.7 އިންސައްތައާއި ހަމަށް ލިބިދެއެވެ.

މީގެއިތުރުން، އެސްޓްރަރޒެނެކާ ކޮވިޑް ވެކްސިނުގެ ދެޑޯޒުން ޑެލްޓާ ވޭރިއަންޓުން ރައްކާތެރުވާ ނިސްބަތް 67 އިންސައްތައާ ހަމައަށް ލިބިދެއެވެ. އަދި އަލްފާ ވޭރިއަންޓުން 74.5 އިންސައްތަ ރައްކާތެރިކަން ލިބިދެއެވެ.

މިދިރާސާގައި ބުނާގޮތުންނަމަ އެސްޓްރަރޒެނެކާ އަދި ފައިޒަރ ކުންފުނީގެ އިތުރުން އެހެން ކޮވިޑު ވެކްސިންތަކުންވެސް ޑެލްޓާ ވޭރިއަންޓުން ރައްކާތެރި ވާމިންވަރު ތަފާތުވިޔަސް އެވެކްސިންތަކަކީވެސް ބޭނުންތެރި އަދި ފައިދާހުރި ވެކްސިން ތަކެކެވެ. އަދި މިދިރާސާގައި ހާމަކޮށްފައިނެތަސް، ޖޮންސަން ކުންފުންޏާއި ރަޝިޔާގެ ސްޕަޓްނިކް ވީ ވެކްސިނުންވެސް ޑެލްޓާ ވޭރިއަންޓުން ރައްކާތެރިކޮށްދޭކަން އެހެން ދިރާސާތަކުން ދައްކާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

މިދިޔަ ބުދަދުވަހު އާންމުކޮށްފައިވާ މިދިރާސާގެ ހޯދުންތައް އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތުން ވަނީ ބަލައިގަނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން