ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީމް
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީމް
މާލޭގެ އިއްޒަތްތެރިިން އައްޑޫ މީހުންނަށް ބުލީކުރުން އާއްމު ކަމަކަށް ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތެރެއިން ސަރުކާރު ބަލިކަށިވާ ގޮތަށް ކަމެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެމްޑީޕީގެ އެންމެ މުހިއްމު މަޤުޞަދަކަށްވާންވާނީ ވެރިކަން ދެމެހެއްޓުން ކަމަށް އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެފައިވާތީ އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ އަސްލަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައްދުދެއްވަމުންނެވެ.

އެކަމާ ގުޅިގެން މެންބަރު ޝަރީފް މިއަދު ވިދާޅުވީ، އައްޑޫ މީހުން ސިޔާސީ ގޮތުން ބަސް ބުނުމުން މާލޭގެ ޢިއްޒަތްތެރިން އައްޑޫ މީހުންނަށް ބުލީ ކުރުން މިހާރު ރޭވިގެން ހިންގާ ޢާއްމު ކަމަކަށް ވެއްޖެ ކަމަށެވެ. އަދި އައްޑޫ ޝަރީފްވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރަށްވާފަ އެވެ.



ސަރުކާރުން ހަރުކަށި ފިކުރަށް ތާއީދުކުރާކަމަށް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވަނީ ތުހުމަތު ކުރަށްވާފައެވެ. ރައީސް ނަޝީދު ވަނީ ހަރުކަށި ފިކުރަށް ދީލައިނުލައި، މެދުމިނުގެ ފިކުރަށް ތާއީދުކުރުމަށް ރައީސް ޞާލިޙަށް ގޮވާލައްވާފައެވެ. އަދި ހަރުކަށި ފިކުރުގެ މީހުންނަށް އެހީތެރިވެދީގެން ވަގުތީގޮތުން ސިޔާސީ ފައިދާއެއް ލިބިދާނެ ކަމަށާއި، ނަމަވެސް ދުރު މުސްތަގުބަލުގައި އެކަމުން ލިބޭނެ ހަމަޖެހުމެއް ނޯންނާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުންނެވީ ސަރުކާރުގެ ކޯލިޝަނުގެ ތެރޭގައި ހިމެނޭ ހަރުކަށި ފިކުރުގެ ފަރާތްތަކުގެ ސަބަބުން ތާށިވެފައި ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މެންބަރުން ރައީސް ޞާލިހަށާއި ސަރުކާރަށް މިފަދަ ތުހުމަތު ތަކެއް ކުރެއްވި ނަމަވެސް ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ސަރުކާރުން އަންނަނީ ރާއްޖޭގައި އޮތްކަމަށް ބުނާ ހަރުކަށި ފިކުރާއި ދެކޮޅަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ސަލާމަތީ ބާރުތަކުން އެފަދަ ފަރާތްތައް ހޯދައި ހައްޔަރުކުރުމަށް މުޅި ގައުމުގައި އޮޕަރޭޝަންތައް ހިންގައި ސަލާމަތީ ގޮތުން ހަރުދަނާ ފިޔަވަޅުރަކެއް އަޅަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ހަރުކަށިފިކުރަށް ތާއީދުކޮށް އެފަދަ ފިކުރުތަކަށް ތަރުހީބުދޭ ކަމަށް ތުހުމަތުކޮށް ވާހަކަ ދެއްކުމަކީ ސަރުކާރު ބަލިކޮށްލައި ގައުމުގެ އިގުތިޞާދު ހަލާކުކޮށްލުމަށް ދައްކާ ވާހަކަތަކެއް ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން