12 އަހަރުން މަތީގެ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް މޮޑަރނާގެ ކޮވިޑް ވެކްސިން، ޔޫރަޕިއަން މެޑިސިން އޭޖެންސީން ހުއްދަކޮށްފިއެވެ.

މިއީ ޔޫރަޕުގައި 12 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުޑަކުދިންނަށް ހާއްސަކުރެވުނު ދެވަނަ ވެކްސިނެވެ. މިވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރަން ހަމަޖެހިފައިވަނީ ފުރަތަމަ ޑޯޒް ދޭތާ ހަތަރު ހަފްތާ ފަހުންނެވެ.

ކުޑަކުދިންގެ އުމުރުފުރާއަށް މޮޑާރނާގެ ވެކްސިން ހުއްދަކޮށްފައިވަނީ އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޑަކުދިން ބޭނުންކޮށްގެން އެވެކްސިންގެ ތަހުލީލުތައް ކުރުމަށްފަހުގައިކަމަށް ޔޫރަޕިއަން މެޑިސިން އޭޖެންސީން ހާމަކޮށްފައިވެއެވެ. މިގޮތުން 3732 ކުދިން ބައިވެރިކޮށްގެން ކުރި މިތަހުލީލުތަކުން މޮޑަރނާގެ ކޮވިޑް ވެކްސިނަކީ ކުޑަކުދިންނަށް ރައްކާތެރި ވެކްސިނެއްކަމަށް ދެނެގަނެވިފައިވާކަމަށް ޔޫރަޕިއަން މެޑިސިން އޭޖެންސީން ބުނެފައިވެއެވެ.

މޮޑާރނާ ކުންފުނީގެ ކޮވިޑް ވެކްސިނުގެ އިތުރުން، ފައިޒަރ ކުންފުނީގެ ވެކްސިންވެސް ވަނީ ޔޫރަޕުގައި 12 އަހަރުން މަތީގެ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ހުއްދަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން