އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގައި މޫސުން ގޯސްވެ ބޯކޮށްވާރޭވެހުމުމުގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި މިހާތަނަށް 110 މީހަކު މަރުވެއްޖެއެވެ.

މިހިނގާ ޖުލައި މަސް ވެގެންދިޔައީ މަހާރަޝްތުރާ ސްޓޭޓަށް މިދިޔަ އަހަރުތަކުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނު ދުވަސްތައް ކަމުގައި އިންޑިއާގެ މޫސުމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ. މިގޮތުން މޫސުން ގޯސްވެ ފެންބޮޑުވުމުގެ ހާދިސާތަކުގައި އެސަރަހައްދުގެ އެކި އަވަށްތަކުގެ ގިނަ ގެތައް ވަނީ ދިރި ނޫޅެވޭވަރަށް ހަލާކުވެ، ގިނަ ބަޔަކު މަގުމަތިވެފައެވެ. ފެންވޮޑުވުމުގެ ހާދިސާގައި މިހާތަނަށް 110 މީހަކު މަރުވެފައިވާއިރު، މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވާ އޭޖެންސީތަކުން ހާމަކުރާގޮތުން ގެއްލިފައި އަދި އެތައްބަޔަކު ވުން އެކަށީގެންވެއެވެ.

ފެންބޮޑުވުމުގެ ހަދިސާތަކުގައި އެންމެ ގިނަބަޔަކު މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހުކަމަށްވެސް އިންޑިއާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ. މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހުމާއި، ބިންގަނޑު ކަނޑައިގެން ދިއުމާއި، ފެންބޮޑުވުމުގެ އެކި ކާރިސާތަކުން މިދިޔަ ހުކުރު ދުވަހު އެކަނިވެސް 38 މީހަކު ވަނީ މަރުވެފައެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާތަކުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެސަރަހައްދަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައެވެ. އަދި މޫސުން ގޯސްވެ ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިވާނޭ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ވަނީ ޔަގީންކަން ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން