ޖަޕާންގެ ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި ރާއްޖޭގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
ބެޑްމިންޓަންގެ އަންހެން ސިންގަލްސް ބައިގައި ނަބާހާ ވާދަކުރާއިރު، އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި އޭނާ ބައްދަކުރީ ދުނިޔޭގެ ރޭންކިންގައި، 9 ވަނައަށް ރޭންކު ކުރެވިފައިވާ ޗައިނާގެ ހީ ބިންގްޖިއާއޯއާ އެވެ. ނަބާހާއަކީ ދުނިޔޭގެ ރޭންކިންގެ 252 ވަނައެވެ.
މިމިމެޗްގެ ސެޓްތައް ޗައިނާގެ ހީ ގެންދިޔައީ 21-6 އަދި 21-3 އިންނެވެ. މި މިމުބާރާތުގައި ނަބާހާ ހިމެނެނީ ވަރުގަދަ ގުރޫޕެއްގައެވެ. މި ގުރޫޕްގައި ޗައިނާގެ އިތުރުން ހިމެނެނީ ދުނިޔޭގެ ރޭންކިން 111 ވަނައިގައި އޮތް އީރާނުގެ ސޮރާޔާ އަގޭއިއެވެ. މި ގުރޫޕުން ދެވަނަ ބުރަށް ދާނީ ގްރޫޕްގެ އެއްވަނަ ލިބޭ ކުޅުންތެރިޔާ އެކަންޏެވެ.
ނަބާހާއަކީ ރާއްޖޭގެ ތާރީހުގައިވެސް އޮލިމްޕިކްސްގައި ބެޑްމިންޓަން ކެޓަގަރީން ވާދަކުރި ފުރަތަމަ އަންހެން ކުޅުންތެރިޔާއެވެ.
ބެޑްމިންޓަންގެ އިތުރުން، ރާއްޖޭއިން ފެތުމުގައި ބައިވެރިވާއިރު، ރާއްޖޭގެ އައިޝަތު ސާޖިނާ ވާދަކުރުމަށް ހަމަޖެހިފައިވަނީ 100 މީޓަރު ބްރެސްޓް ސްޓްރޯކްގައެވެ. މި ރޭސް ފެށުމަށް ހަމަޖެހިފައިވަނީ މާލޭ ގަޑިން މިއަދު މެންދުރު ފަހު 3:34 ގައެވެ.

ކިޔުންތެރިންގެ ހިޔާލު