ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލު ޓައިގަރ ޝްރޮފަށް އެންމެ ކަމުދާ ފިލްމީ ތަރިއަކީ ދިޝާ ޕަޓާނީ އެއްނޫންކަމަށް އޭނާ ހާމަކޮށްފިއެވެ.
މިދެތަރިންނަކީ ލޯބިގެގޮތުން ގުޅިގެން އުޅޭކަމަށް އަޑު އަރާފައިވާ ދެތަރިންކަމަށް ވީނަމަވެސް، ޓައިގަރ ޝްރޮފަށް އެންމެ ކަމުދާ ފިލްމީ ތަރިއަކީ ދިޝާ ޕަޓާނީ ނޫންކަން ހާމަވެގެން ދިއުންވީ ބައެއް ފޭނުން ހައިރާން ކުރުވިކަމަކަށެވެ.
ޓައިގަރ ހާމަކޮށްފައިވާގޮތުގައި އޭނާއަށް އެންމެ ކަމުދާ ފިލްމީ ތަރިއަކީ މާދުރީ ޑިކްޝިޓެވެ. ޓައިގަރ މިކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމްގައި އޭނާގެ ފޭނުން ކުރި ސުވާލުތަކަކަށް ޖަވާބުދެމުންނެވެ. މަޝްހޫރު އެކްޓްރެސް މާދޫރީއަކީ ޓައިގަރ ޝްރޮފްގެ ބައްޕަ، ޖެކީ ޝްރޮފްއާއެކު ފިލްމްތަކުން ފެނިފައިވާ ތަރިއެކެވެ.
ބޮލީވުޑްގެ ކާމިޔާބު އެކްޓްރެސް މާދުރީ ވަނީ މީގެ ކުރިން ޓައިގަރގެ ނެޝުމުގެ ހުނަރަށް ސާބަސް ދީފައެވެ. އަދި ޓައިގަރ އަކީ ހުނަރުވެރި މޮޅު ނެޝުންތެރިއެއްކަމަށް ސިފަކޮށްފައިވެއެވެ.
2014 ވަނަ އަހަރު ރިލީޒްކުރި ހިންދީ ފިލްމު "ހީރޯޕަންތީ" އިން ފިލްމީ ދާއިރާއަށް ނުކުތް ޓައިގަރ ޝްރޮފް އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ހިންދީ ފިލްމު "ބާގީ 3" އިންނެވެ. އަދި ދެން ޓައިގަރ ފެނިގެންދާނީ މިއަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ "ހީރޯޕަންތީ 2" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު