ރާއްޖޭގައި މިވަގުތު ކުރެވޭ އާންމު ބަހުސްތަކުގެ ތެރޭގައި ސަލްމާން މިސްކިތުގެ ބަހުސް ފާހަގަކޮށްލެވެއެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ސައުދީ ރަސްގެފާނުގެ ޚާއްޞަ އެހީފުޅާއެކު އިމާރާތްކުރި ސަލްމާން މިސްކިތް ވެފައި ވަނީ ވަރަށް ވަރުގަދަ ހަތިޔާރަކަށެވެ. މިސަރުކާރު ހަވާލުވިއިރު ނިމުމަކަށް ގޮސްފައިވާ ސަލްމާން މިސްކިތް ނުހުޅުވައިގެން ކުރެވޭ ބަހުސަކީ މިސަރުކާރު އައިފަހުން މެދުނެކެނޑި އިވެމުންދާ އަންނަ ވާހަކައެކެވެ. އެމިސްކިތް ހުޅުވުން މިސަރުކާރަށް ވެފައިވަނީ އިބިލީހުގެ ކައިވެންޏަށް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. ސަލްމާން މިސްކިތް ނުހުޅުވައިގެން އެވާހަކަ ދައްކަމުން ދަނިކޮށް މިފަހުން އަދި އިވުނީ މާ ހައިރާން ކުރަނިވި ޚަބަރެކެވެ. ސަލްމާން މިސްކިތުގެ ޑިޒައިނާމެދު ބަޔަކު ދަޢުވާ ކުރާ ވާހަކައެކެވެ. އެއީ ބައެއްގެ ޑިޒައިނެއް ކޮޕީކޮށްގެން ޑިޒައިންކޮށްފައިވާ މިސްކިތެއް ކަމަށް ބުނެ ބަޔަކު މައްސަލަ ޖައްސަނީޔޯލައެވެ.
އެ މިސްކިތުގެ ޑިޒައިނަކީ ކޮޕީއެއްކަމަށް ބުނެ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ދައުވާކުރާނެކަމުގެ އިންޒާރުވެސް އެބަޔަކު ވަނީ ދީފައެވެ. އެގޮތުން ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިން ބިނާކުރި ކިންގް ސަލްމާން މިސްކިތަކީ މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ އެންއާރްވައި އާކިޓެކްސްގެ ޑިޒައިނެއް ކަމަށް ބުނެ އެ ކުންފުނިން އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާތީ ވަޒީރު ބިރުން އެވާހަކަ ދައްކަން ފެއްޓެވީއެވެ. އަދި އެމީޙުންގެ އަތުގައި އެކަށީގެންވާ ހެކި އެބަހުރިކަމަށްވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވެއެވެ.
ނަމަވެސް ރައީސް ޔާމީން ސަރުކާރުގައި މިކަން ހިނގައިދިޔަ ގޮތް އެނގޭ މީހުން ބުނާގޮތުން މިއީ އެއްވެސް ވަރެއްގެ ހަޤީޤަތެއް ހުރި ވާހަކަތަކެއް ނޫނެވެ. އަދި ސަލްމާން މިސްކިތް ބިނާކުރަން ކުރެހުން ހުށަހެޅީ ތަފާތު ކުންފުނިތަކުންކަމަށާއި، ޕްރޮޖެކްޓް އެވޯޑްކުރީ ކަނޑައެޅިފައިވާ ބަޖެޓަށް ފެތުނު ޑިޒައިނަށްކަމަށް މިކަމުގެ މައުލޫމާތު އެެނގޭ މީހަކު ބުންޏެވެ. ބައެއް މީހުން ބުނާގޮތުން މިއީ ސަލްމާން މިސްކިތް ނުހުޅުވަން ސަރުކާރުން ދައްކާންފެށި ތާކުން ތާކުނުޖެހޭ ބަހަނާއެކެވެ. ނޫނީ އަނެއްކާވެސް ބަޔަކަށް ބަދަލުގެ ގޮތުގައި ލާރިގަނޑެއް ދިނުމުގެ ގޮތުން ކުރާކަމެއް ކަމަށެވެ.
ސަލްމާން މިސްކިތަކީ ކޮޕީއެއްކަމަށް ބުނެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަޑު އުފުލަމުންދަނިކޮށް، އެއަށްވުރެ ބޮޑު ކަމެއް ލައިގެންފިއެވެ. ދިވެހިން އެ ބިނާއަކާއިމެދު ފަޚްރުވެރިވާ އިސްލާމީ މަރުކަޒަކީވެސް މި ބޭފުޅުން މިދަންނަވާގޮތުންނަމަ ކޮޕީއެކެވެ. ސަލްމާން މިސްކިތުގެ ޑިޒައިން ބޭރުގެ އެހެން މިސްކިތަކާއި ވައްތަރުކަމަށް ބުނިއިރު، 1984 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހު ހުޅުވި އިސްލާމީ މަރުކަޒުގެ ބޭރާއި، އެތެރެއާއި ކުޑަދޮރުތަކަށް ދަންދެން އޮތީ ކޮޕީކޮށްފައެވެ.
މިކަން މީހުންގެ ސަމާލުކަމަށް ގެނައީ މަޝްހޫރު ތާރީހީ އިލްމުވެރިޔާ ނާޖިހު ދީދީއެވެ. ނާޖިހު ދީދީ އާއްމުކޮށްފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުގައި މެލޭޝިޔާގައި ހުންނަ އަބޫބަކުރުގެފާނުގެ މިސްކިތާއި، އިސްލާމީ މަރުކަޒާއި އެއްވެސް ތަފާތެއް ނެތެވެ. ދެން އިސްލާމިކް މިނިސްޓަރ ދީނީ ޢިލްމުވެރިއަކަށްވެ ވަޑައިގެން ހުރެ މިދައްކަވަނީ ކޮން ވާހަކައެއް ހެއްޔެވެ. ރާއްޖޭގައި ހުރި ގިނަ މިސްކިތްތަކުގެ ކުރެހުންތަކާއި ފޮޓޯތައް ނަގައިގެން ދުނިޔޭގައި އަތްފުނާ އަޅައިގެން ބަލައިފިނަމަ ކޮންމެވެސް ގައުމެއްގެ ކޮންމެވެސް މިސްކިތެއްގެ ކޮޕީއެއް ނޫނީ ރާއްޖެއަކު ނުހުންނާނެ ކަމަށް ބުނެވިދާނެއެވެ.
ސަލްމާން މިސްކިތުގެ ޑިޒައިން ކޮޕީކުރުމުގެ ބަހުސް ބޮޑުވެފައިވާއިރު، މިކަމާއި ގުޅިގެން ކުރީގެ ހައުސިންގ މިނިސްޓްރީގެ އޮފިޝަލުންވެސް، ނުވަތަ ސަލްމާން މިސްކިތް އިމާރާތްކުރި ކުންފުނިންވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މިކަމުގައި ހަމައެކަނި ވާހަކަދައްކަމުން ދަނީ އިސްލާމިކް މިނިސްޓްރީން އެކަންޏެވެ. ކުރިން ބުނިހެން އަނެއްކާ ވަޒީރާއެކު އެބުނާ ކުންފުންޏަކުން ބަދަލު ހޯދަން ޑީލެއް ހަދައިގެން އުޅެނީކީ ނޫންބާވައެވޭ ވެސް މިހާރު މިވާގޮތުން މީހުން ސުވާލު އުފައްދާނެކަން ޔަގީނެވެ.

މިކިހިނެއް ކޮޕީއަކަށް ވަނީ؟ ތަފާތު ތިންބައެއް ތުރޫކޮށް ކުރެހުން ގެނާއި، ބިންލާދިން ގުރޫޕް ޑިޒައިން އަދި މާ ސަޅިވާނެ އެކަމަކު ބަޖެޓަށް ފިޓު ނުވާތީ ފިޓު ވި ބަޔަށް އެވާރޑް ކުރީ. ކޮޕީ އޭ ކިޔާފަ ބަޔަކު ލާރި ގަނޑެއް ކާލަން މިއުޅެނީ. ބަލަން ތިބޭ! 😁 pic.twitter.com/JP4hNk3s34
— Zahid Rameez (@xahidcreator) July 27, 2021
ސަލްމާން މިސްކިތަކީ ކޮޕީއެއްކަމަށް ބުނެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަޑު އުފުލަމުންދަނިކޮށް، އެއަށްވުރެ ބޮޑު ކަމެއް ލައިގެންފިއެވެ. ދިވެހިން އެ ބިނާއަކާއިމެދު ފަޚްރުވެރިވާ އިސްލާމީ މަރުކަޒަކީވެސް މި ބޭފުޅުން މިދަންނަވާގޮތުންނަމަ ކޮޕީއެކެވެ. ސަލްމާން މިސްކިތުގެ ޑިޒައިން ބޭރުގެ އެހެން މިސްކިތަކާއި ވައްތަރުކަމަށް ބުނިއިރު، 1984 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހު ހުޅުވި އިސްލާމީ މަރުކަޒުގެ ބޭރާއި، އެތެރެއާއި ކުޑަދޮރުތަކަށް ދަންދެން އޮތީ ކޮޕީކޮށްފައެވެ.
މިކަން މީހުންގެ ސަމާލުކަމަށް ގެނައީ މަޝްހޫރު ތާރީހީ އިލްމުވެރިޔާ ނާޖިހު ދީދީއެވެ. ނާޖިހު ދީދީ އާއްމުކޮށްފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުގައި މެލޭޝިޔާގައި ހުންނަ އަބޫބަކުރުގެފާނުގެ މިސްކިތާއި، އިސްލާމީ މަރުކަޒާއި އެއްވެސް ތަފާތެއް ނެތެވެ. ދެން އިސްލާމިކް މިނިސްޓަރ ދީނީ ޢިލްމުވެރިއަކަށްވެ ވަޑައިގެން ހުރެ މިދައްކަވަނީ ކޮން ވާހަކައެއް ހެއްޔެވެ. ރާއްޖޭގައި ހުރި ގިނަ މިސްކިތްތަކުގެ ކުރެހުންތަކާއި ފޮޓޯތައް ނަގައިގެން ދުނިޔޭގައި އަތްފުނާ އަޅައިގެން ބަލައިފިނަމަ ކޮންމެވެސް ގައުމެއްގެ ކޮންމެވެސް މިސްކިތެއްގެ ކޮޕީއެއް ނޫނީ ރާއްޖެއަކު ނުހުންނާނެ ކަމަށް ބުނެވިދާނެއެވެ.
It's not the Islamic Center in Maale. It's Sayyidina Abu Bakr As-Siddiq Mosque in Kuala Lumpur - Malaysia pic.twitter.com/cbwZFRL6Z6
— ނާޖިހު 🇲🇻 Naajih (@NaajihDidi) July 29, 2021
ސަލްމާން މިސްކިތުގެ ޑިޒައިން ކޮޕީކުރުމުގެ ބަހުސް ބޮޑުވެފައިވާއިރު، މިކަމާއި ގުޅިގެން ކުރީގެ ހައުސިންގ މިނިސްޓްރީގެ އޮފިޝަލުންވެސް، ނުވަތަ ސަލްމާން މިސްކިތް އިމާރާތްކުރި ކުންފުނިންވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މިކަމުގައި ހަމައެކަނި ވާހަކަދައްކަމުން ދަނީ އިސްލާމިކް މިނިސްޓްރީން އެކަންޏެވެ. ކުރިން ބުނިހެން އަނެއްކާ ވަޒީރާއެކު އެބުނާ ކުންފުންޏަކުން ބަދަލު ހޯދަން ޑީލެއް ހަދައިގެން އުޅެނީކީ ނޫންބާވައެވޭ ވެސް މިހާރު މިވާގޮތުން މީހުން ސުވާލު އުފައްދާނެކަން ޔަގީނެވެ.
ކިޔުންތެރިންގެ ހިޔާލު