ޕީޕީއެމުން މިރޭ ބޭއްވި އިވެންޓްގެ ތެރެއިން
ޕީޕީއެމުން މިރޭ ބޭއްވި އިވެންޓްގެ ތެރެއިން
"މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ޕީޕީއެމުން ކުރިއަށް ގެންދާ ޤައުމީ ކެމްޕެއިނެއް މިރޭ ލޯންޗް ކޮށްފިއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާ ގައި މި ކެމްޕެއިން އިފްތިތާޙު ކޮށްދެއްވީ ޕީއެންސީ ގެ ރައީސް އަބްދުއްރަހީމްް އަބްދުﷲ (އަދުރޭ) އެވެ. މިއީ ރައީސް ޢަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ މަތިން ފެށި ކެމްޕޭނެއް ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.



މިރޭގެ ޙަފްލާގައި އަދުރޭ ވިދާޅުވީ ދިވެހިންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެން ދާތަން މިހާރު ފެންނަ ކަމަށާއި މިކަމާ ދެކޮޅަށް ކޮންމެ ދިވެހި ރައްޔިތަކުވެސް ބަސްބުނަން ޖެހޭކަމަށެވެ. އެހެންކަމުން ރާއްޖޭގެ ސިޔާސީ ދާއިރާގައި އިސްކޮށް ޙަރަކާތްތެރިވާ ޢުމަރު ނަސީރާއި، ކާނަލް ނާޒިމާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ ލީޑަރުންނަށް މި ކެމްޕޭނުގައި ބައިވެރިވުމަށް އަދުރޭ ވަނީ ދައުވަތު ދެއްވާފައެވެ. އަދި މި ޙަރަކާތުގައި ބައިވެރިވުމަށް އަދުރޭ ވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

އަދުރޭ މިރޭ ވިދާޅުވީ، ގައުމުގައި ވެރިކަންވެސް ކުރެވޭނީ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ގައުމު ދެމިއޮވެގެން ކަމަށެވެ. ޕީޕީއެމުން ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައި މިވަނީ، އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަމުންދާކަމަށް ބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި ޙަރަކާތެއް ހިންގުމަށް ފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން