ދަ ރިޓްޒް ކާރލްޓަން ސްޕާ
ދަ ރިޓްޒް ކާރލްޓަން ސްޕާ
މާލެ އަތޮޅުގައި ހިންގާ "ދަ ރިޓްޒް ކާރލްޓަން ސްޕާ ފަރި އައިލެންޑްސް ރިސޯޓުގައި" ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކ. ގަމަރުގިރި ކައިރީގައި އޮންނަ އެރިސޯޓުގައި މިއަދު މެންދުރު 12:29 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެރިސޯޓުގެ ވޯޓާ ވިލާއެއްގައި ކަމަށާއި، މިހާރު އެމްއެންޑީއެފް ގެ ފަޔަރ ޓީމް އެރިސޯޓަށް ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ، މިހާރު އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ރިސޯޓުގެ މެނޭޖްމަންޓުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ނަމަވެސް މި ޙާދިސާގައި ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމާއި އަދި އެއްވެސް ފަރާތަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން