އައްޑޫ ސިޓީގެ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އެމަޖެންސީގައި މާލެ ފޮނުވި ހިތުގެ ބަލިމީހާ ކޮވިޑް-19 އަށް ޓެސްޓް ކުރީ މިހާރު ހަމަ ޖެހިފައި އޮންނަ އުސޫލުގެ ތެރެއިންނެވެ. ޓެސްޓް ކުރުމުން ފުރަތަމަ ލިބުނު ނަތީޖާ އަކީ ފައްސި ވުމެވެ. އެހާ ހިސާބުން މުޅި އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުން އައްސި ހާލަތަކަށް އައެވެ. ސޯޝަލް މީޑިއާގައި އެމީހެއްގެ އިހްސާސް އެމީހަކު އޮއްސާލީ ވީއައްސިއެއްގެ ބޮޑުކަމުންނެވެ. މިއަދު ކުރި ދެވަނަ ޓެސްޓުން އެމީހާ ނައްސި ވުމުންވެސް އައްސި ފިލައި ނުދިޔަ މީހުން މަދެއްނޫނެވެ.
ބައެއްމީހުންގެ ފަރާތުން ލިބުނު ޚަބަރަކީ އެމީހާއަކީ ރިސޯޓެއްގައި މަސައްކަތް ކުރުމަށްފަހު އެޗްޕީއޭގެ ހުއްދަ ލިބިގެން މިދިޔަ މާޗް 10 ވަނަދުވަހު ރަށަށް ދިޔަ މީހެކެވެ. އަނެއްބަޔަކު ބުނަނީ އެމީހާ ދިޔައީ މާޗް 30 ވަނަ ދުވަހު ކަމަށެވެ. މިއިން ކޮންމެ ދުވަހަކުން ފެށިގެން ގުނި ކަމުގައި ވިޔަސް އެމީހާ ކޮވިޑްގެ އަލާމާތް ފެނި އެންމެ ހާލުދެރަ ހިސާބަށް ދާނެ ދުވަހަކީ އެޕްރީ މަހުގެ 10 އެއް ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. އަދި އެމީހާ 14 ދުވަސް ފަހުން އެކަމުގެ އެއްވެސް އަލާމާތެއް ނެތްނަމަ އެމީހާ އެއީ ކޮވިޑް-19 އަށް ނައްސި މީހެކެވެ.
އެހެން ކަމުން އެމީހާ އައްޑުއަށް ދިޔައިރަކު އެމީހާ އެބަލީގެ އެއްވެސް އަލާމާތެއް ނެތެވެ. އެމީހާއަށް ބަލިޖެހުނު ނަމަ ދެން ބަލި ޖެހޭނީ އެހެން މީހެއްގެ ފަރާތުން ކަމީ ކޮވިޑް-19 އާއި ބެހޭ ގޮތުން މިހާތަނަށް ހޯދިފައިވާ ދިރާސާތަކުން ޔަގީންވާ ކަމެކެވެ. ނަމަވެސް އެމީހާގެ ފޮޓޯ ސޯޝަލް މީޑިއާއަށް އާއްމުކޮށް އެމީހާ އެއީ އިމްޕޯޓެޑް ކޭސް އެކޭ ބުނެ ސިއްޙީ ޚިދުމަތައް އެތަކެއް ބަސްތަކެއް ރައްދު ކޮށްލިއެވެ. މިހެން ދިމާވީ ރައްޔިތުން އައްސި ވެފައި ތިބިލެއް ބޮޑުކަމުން ކަމުގައި ބުނަމާ ހިނގާށެވެ.
އެހެނަސް ކަމެއްގައި އައްސި ވިޔަސް މީދެން ތަންފުކެއް ބޮޑުވަރެވެ. މިއައްސި ގަނޑުގައި ރައްޔިތުން ތިއްބާ ދެން އިވުނު އަޑަކީ އައްޑޫ ހޮސްޕިޓަލުގައި މާސްކެއްވެސް އަދި ސެނިޓައިޒާއެއްވެސް ނެތްވާހަކަ އެވެ. މީހުންގެ އައްސި ކަން އިތުރަށް ދިޔައީ ބާރު އަރަމުންނެވެ. ވާނީވެސް އެހެންތާއެވެ. ނަމަވެސް ހެޕީމާކެޓުން މިނުތަނަވަސްކަން ފިލުވައިދިނީ ވަރަށް އަވަހަށެވެ. އެކަމަށްޓަކައި ރައްޔިތުންގެ ޝުކުރު އެފާރާތައް އޮއްސާލިއެވެ.
މާލެއިން އުތުރުގެ ރަށަކުން އެހެން ބައްޔެއްގައި އައިޖީއެމްއެޗަށް ގެނެވުނު ދުވަސްވީ މީހަކުވެސް ފައްސި ވިކަމަށް ސަރުކާރުން ހާމަ ކުރިއެވެ. ހަމަ މިގޮތަށް މާބަނޑު އަންހެނަކު ވިހަން ދިއުމުންވެސް އޮންނަ އުސޫލުގެ ތެރެއިން ޓެސްޓް ކުރިއެވެ. އެމީހާވެސް ފައްސި ވިއެވެ. ދެން މާލޭގަ ދިރިއުޅޭ އައްޑޫއަށް ނިސްބަތްވާ މީހަކު ފާޚާނާ ތެރެއަށް ވެއްޓިގެން ވާގި ނެތިގެން އައިޖީއެމްއެޗަށް ގެންދިމުން ޓެސްޓް ކުރުމުން ހަމަ އެމީހާވެސް ވީ ފައްސިއެވެ. މިއީ އެހެން ބަލިތަކާއި ގުޅިގެން ހޮސްޕިޓަލަށް ގެންދެވުން ކޭސްތަކުން މިހާތަނަށް ތިލަވި ތިން ކޭސްއެވެ. މިކޭސްތައް ފަހުން ނައްސިވި ކަމަށް ޔަގީނެއް ނޫނެވެ. އައްޑޫއިން ގެނައި މީހާވެސް ފުރަތަމަވީ ފައްސިއެވެ. އޭގެ ގާތްގަނޑަކަށް އަށާގަޑި ފަހުން ނައްސިވެގެން އިޢުލާން ކުރީ މިފަހަރު އެޗްޕީއޭގެ ޓްވިޓާ އެކައުންޓުންނެވެ. މިހުރިހާ އެންމެންވެސް ކޮވިޑް-19 އަށް އެސިމްޓްމެޓިކް ކަމަށް ނޭޝަނަލް ޓާސްކްފޯސް ކޮންފަރެންސުގައި ވިދާޅުވެފައި ވެއެވެ.
މިކަންކަމާއި ގުޅިގެން މީހުން ސޯޝަލް މީޑިއާގައި އެތަކެއް ސުވާލެއް ކުރިއެވެ. މިފަދަ ސުވާލެއް ރިޕޯޓަރަކު ސްޕޯކްސް ޕާސަންއާއި ކުރި ނަމަވެސް ޖަވާބެއް ނުދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިޒަމާނުގައި ސޯޝަލް މީޑިއާގައި ރައްޔިތުން އެހިއްސާ ކުރަނީ އެމީހުންގެ ކަންބޮޑުވުން ތަކެވެ. އެކަމެއްގެ ހަގީގަތް ވިދާޅުވުމުން ރައްޔިތު މީހާ ހިތްހަމަ ޖެހޭނެއެވެ. އެވަރުވެސް ސްޕޯކްސް ޕާސަން ކޮށްލާކަށް ބޭނުމެއް ނޫނީ ހެއްޔެވެ. އެއީ ސޯޝަލް މީޑިއާގައި އެނބުރޭނީ ބުހުތާންކަމަށް ބަލާފައެވެ.
ކޮވިޓް-19 ގެ ކަންކަން ރާއްޖެއިން ފުރަތަމަ ފެނުނު ދުވަހުން ފެށިގެން މުޅިދައުލަތުން ބުނަމުން ދިޔައީ ގައުމު އޮތީ މިކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ. ބައެއް ބޭފުޅުންނަށް ގަބޫލު ވެފައި އޮތީ މިއީ އާދައިގެ ރޯގާއެއް ކަމަށެވެ. ދައުލަތުގެ އިސްބޭފުޅުން ގާނޫނީ ޕްލެޓްފޯމުގައި މިފަދައިން ވާހަކަ ދައްކަވާފަ އެބަހުއްޓެވެ. ގައުމު ތައްޔާރު ވެފައޮތް މިންވަރު ގަބޫލުކޮށް ހުރިހާ ރައްޔިތުން ތިބީ ހިތްހަމަ ޖައްސައިގެންނެވެ. ރާއްޖެއިން ޓެސްޓްކުރެވޭ މިންވަރު ވަރަށް ރަނގަޅުކަމަށް ސްޕޯކްސްޕާސަން ތަކުރާރުކޮށް ވިދާޅުވެއެވެ. އެހެނަސް މިކަމުގެ ސިއްޙީ މާހިރުން ވިދާޅުވަނީ ހިތްހަމަ ޖެހޭވަރަކަށް ރާއްޖޭގައި ޓެސްޓް ނުކުރެވޭ ކަމަށެވެ. ޓެސްޓް ކުރުމުގެ ކެޕޭސިޓީ ނެތީއެވެ. އެދުވަހު ސްޕޯކްސްޕާސަން ކޮންމެވެސް ގޮތަކަށް ޑޮކްޓަރާއި އެއްބައިވިއެވެ. އެހެނަސް ޖެހިގެން އައި ނޫސްވެރިންގެ ބައްދަލު ވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ މިރީޖަންގަ އެންމެ ރަނގަޅަށް ޓެސްޓްކުރެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.
މިވާހަކަ ބާއްވާށެވެ. އައްޑޫގެ ކޭސްއާއި ގުޅިގެން ތިލަވަމުން އައި ކަންކަމުގެ ވާހަކަ ދައްކަމާ ހިނގާށެވެ. އައްޑޫއިން މާލެ ގެނައި މީހާ ކޮވިޑް-19 އަށް ފައްސި ވުމާއި އެކު މީހުންގެ މެދުގައި ސަރުކާރާއި ދޭތެރޭ ހިތްނުތަނަވެސް ވެގެން ދިޔައެވެ. ސަބަބަކީ އައްޑޫ ސިޓީއަކީ ރާއްޖެ އެންމެ އާބާދީ ބޮޑު ދެވަނަ ސިޓީ ކަމުން އެތަނުން ކޮވިޑް-19 ޓެސްޓް ކުރެވޭނެ އެއްވެސް ގޮތެއް ނެތީމައެވެ. މީގެ ތިންވަރަކަށް މަސްކުރިން ތައްޔާރު ކުރަމުން އަންނަ ކޮވިޑް-19 އަށް ޚާއްސަ ހޮސްޕިޓަލްގެ މަސައަކަތް އަދިވެސް ނުނިމޭތީއެވެ. ބޭނުންވާ މިންވަރަށް އައްޑޫގައި ޕީޕީއީ ނެތީމައެވެ.
މިފަހަކަށް އައިސް އައްޑޫ މޭޔަރުވެސް ނޫސްވެރިންގެ ބައްދަލުވުން ތަކެއް ބާއްވައެވެ. އެބޭފުޅާގެ ހަރުދަނާ ކަމުން ކިތައްމެ ކަމެއް ކުރެވިފައިވާ ކަމަށް ވިދާޅުވެއެވެ. އަދި ކޮވިޑް-19 އަށް ވަރަށް ރަނގަޅަށް ތައްޔާރުވެ މީހުންވެސް އެކަމަށް ޓްރެއިން ކުރެވިފައިވާ ކަމަށް ވިދާޅުވެއެވެ. އެހެނަސް އެންމެ މުހިއްމު ކަން ކަމުގައިވާ ޓެސްޓް ހެދޭނެ ގޮތެއް އޮތްވާހަކަ ވިދާޅެއް ނުވެއެވެ. ކޮވިޑަށް ތައްޔާރު ކުރާ ހޮސްޕިޓަލް އަދިވެސް ނުނިމެއެވެ.
ޓެސްޓް ހެދޭނެ ގޮތް އައްޑޫގައި ނެތިގެން އެކިއެކި ގޮތްގޮތަށް ރައްޔިތުން ވާހަކަ ދައްކަން ފެށުމުން އޭޕްރީލް 17 ވަނަ ދުވަހު މޭޔަރު ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ "ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރެވި، ވަރަށް އަވަހަށް އައްޑޫ އީކްއޭޓޮރިއަލް ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓް ހެދޭނެ ކަމުގެ ޔަގީންކަން ލިބިއްޖެ" މިހެންނެވެ. ހަމަ އެދުވަހު އައްޑޫ ސިޓީ މަޖިލީސް މެމްބަރެއް ކަމުގައިވާ މުޙައްމަދު އަސްލަމު ޓްވީޓް ކުރައްވާ ވިދާޅުވީ، "އައްޑޫ ހޮސްޕިޓަލްގައި ކޮވިޑް ޓެސްޓް ހަދަން ބޭނުންވާ ހުރިހާ މެޝިނެއް އެބަހުރި. ހަމަ އެކަނި ބޭނުންވަނީ މެޝިންގެ ކާޓްރިޖް އާއި ރީއެޖެންޓްސް" މިހެންނެވެ. މީގެ އިތުރުން ހަމަ އެދުވަހު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ކުރެއްވި ޓްވީޓްގައިވަނީ، "ވަރަށް އަވަހަށް ހަމަ ޖެހޭނެ 5 ރީޖަންގެ ޓެސްޓް ކުރުމުގެ އިންތިޒާމު" މިހެންނެވެ. ހުރިހާ އެންމެވެސް ރައްޔިތުންނަށް މިދިނީ ޔަގީން ކަމެވެ.
ނަމަވެސް އައްޑޫ މީހުންގެ ކަންބޮޑުވުމަކީ އަދިވެސް ޓެސްހެދޭނެ އެއްވެސް ގޮތެއް ނެތްކަމެވެ. ސާމްޕްލް ނަގައިގެން ޗާޓާ ފްލައިޓެއްގައި ގެންނަން ޖެހެނީ މާލެއަށެވެ. އައްޑޫ ގިނަ މީހުން ގަބޫލު ކުރަނީ ކޮވިޑް-19 އައްޑުއަށްވެސް ކޮންމެވެސް ހިސާބަކުން އަންނާނެ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ މިކަމަށް ތައްޔާރުވެ ތިބޭށެވެ. މިހާރު މިތިބީ ވަރަށް ރަނގަޅަށް ތައްޔާރު ވެފައޭ ބުނާތާ ތިންމަސްވަނީއެވެ. އަދިވެސް ތައްޔާރުވިޔަސްވެސް ތައްޔާރެއް ނުވެއެވެ.
މިކަމާއި ގުޅިގެން ސަރުކާރަށް އަމާޒުވި ފާޑު ކިއުމުގެ އިތުރަށް އައްޑޫ ސިޓީ މޭޔަރަށްވެސް ފާޑު ކިޔުން މަދެއް ނޫނެވެ. މޭޔަރަކީ ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅެކެވެ. ވަކި ޕާޓީއަކަށް ވުމަކުން އެއީ މައްސަލައެއް ނޫނެވެ. ރައްޔިތުންނަށް ކަންކަން ފަސޭހަ ކޮށްދިނުމަކީ ލާމަރުކަޒުގެ ދަށުން މޭޔަރުގެ ޒިއްމާއެވެ. ފާޑު ކިޔަން ފެށުމުން މިވިދާޅުވަނީ މައިސަރު ކާރުން ކަމެއް ކޮށްނުދޭ ވާހަކަ އެވެ. އައްޑޫ މޭޔަރު މިހެން ކިޔާތާ މިހާރު 10 އަހަރު ވީއެވެ.
މޭޔަރާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި މީހަކު ލިޔެފައިވަނީ، "އައްޑޫ ސިޓީ އިން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ގޮތެއް އަދިވެސް ނެތް. އައްޑޫ ކޮވިޑް ހޮސްޕިޓަލް އަޅައި ނިންމަން ކަނޑައެޅި މުއްދަތު (21 ދުވަސް) ފާއިތުވެ ހިގެއްޖެ. ހޮސްޕިޓަލް ނުނިންމުނު. ސަބަބަކީ އައްޑޫ ސިޓީ މޭޔަރުގެ ނުކުޅެދުން ތެރިކަން. އަދި މޭޔަރު އަކީ އެއްވެސް ކަމެއް ކުރަން ދަންނަ، އެއްވެސް ކަމެއް ކުރެވޭ، އެއްވެސް ކަމެއްގެ ވައްޓަފާޅި އެނގޭ، އަދި މީހުންދޭ ރަނގަޅު ނަސޭޙަތް ގަބޫލު ކުރާ މީހެއް ނޫން. މިފަދަ މީހެއްގެ ކިބައިން ސަލާމަތް ނުވެވުމަކީ އައްޑޫ ރައްޔިތުންގެ ނަސީބު ދެރަކަމެވެ." މިހެންނެވެ.
ރައްޔިތުންގެ ހަގީގީ ކަންބޮޑުވުމަކީ ކޮވިޑް-19 އަށް އައްޑޫގައި ޓެސްޓް ހެދޭނެ ގޮތެއް ނެތީމައެވެ. އެފަދަ މެޝިންތަކަށް ލައްވާ ޖީންއެކްސްޕާޓް ކާޓްރިޖް ނެތުމެވެ. ނޫސްވެރިންގެ ބައްދަލު ވުންތަކުގައި އެކި ބޭފުޅުން ވިދާޅުވަނީ ސަރުކާރު މިއޮތީ އެންމެ ވޯސްޓް ސިނާރިއޯއަށްވެސް ތައްޔާރު ވެފައެވެ. މާލެއަށް ކޮވިޑް-19 ފެތުރެން ފެށީވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިބަލި ވަރަށް ބޮޑަށް ފެތުރިގެން ދިޔަ ފަހުންނެވެ. ގާތްގަނޑަކަށް ތިންމަސްވަރު ސަރުކާރަށް ލިބުނެވެ. ތައްޔާރުވެފައޭ މިތިބީ ބުނެބުނެ އޮއްވާ މިބަލި މަޑުކަން އަރާ އައިސް ހަމަ ކުރިއިރު އެވިދާޅުވި ވޯސްޓް ސިނާރިއޯއަކަށް ތައްޔާރެއް ނުވެވުނެވެ.
އައްޑޫ ރައްޔިތަކު ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވަނީ، "އައްޑޫގެ ރައްޔިތުން ތަކަކަށް މިހާރު ކޮވިޑް-19 ޖެހިގެން މަރުވިޔަސް ނުވަތަ ފަސޭހަ ވިޔަސް، ރާއްޖޭގެ ކަންކޮޅު ތަކުން އިވޭ އަޑުތަކަށް ރިއާޔަތް ކުރުމުން އެއްކަމެއް ޔަގީންވެއެވެ. އެއީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް އަކީ ގައުމެއްގެ ރައީސްކަން ކުރަން ގާބިލު ބޭފުޅެއް ނޫންކަމެވެ. އޭނާޔަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެވެ. އެހެން ކަމުން ޖުމުލަކޮށް އެއީ މުޅި އެމްޑީޕީ ނާގާބިލް ކަމެވެ. އެއްބަޔަކު ކިތައްމެ ރުޅިއަޔަސް އަނެއްބަޔަކު ކިތަންމެ އުފާކުރިޔަސް އަދުގެ ހަގީގަތަކީ މިއީއެވެ." މިހެންނެވެ.
މިހުރިހާ ވެސް ކަންބޮޑުވުމަކީ އައްޑޫއިން ކޮވިޑް-19 އަށް ޓެސްޓް ހެދެން ނެތުމެވެ. ރައްޔިތުންގެ ހިތްތަކަށް ނުތަނަވަސްކަން އައިސް މިހާރު ބުނަމުން މިދަނީ ރައްޔިތުން އެންމެން ސޮއްބެ ވެފައިވާ ކަމަށެވެ. އެހެން ކަމުން މިކަމަށް މިހާރު އައްޑޫގެ ރައްޔިތުން އެކައްޗެއް ކިޔައި އަމިއްލައަށް ޚަރަދުކޮށްގެންވެސް މިޓެސްޓް ހެދޭނެ އިންތިޒާމު ހަމަ ޖައްސަން އެބަޖެހެއެވެ. މިކަން ކުރެވޭނެ މުއްސަނދި ވިޔަފާރި ވެރިން އައްޑޫގައި އެބަތިއްބެވެ. މިއީ އެފަދަ ބޭފުޅުން ތެދުވެ އެހީވާންވީ ވަގުތެވެ. އައްޑޫ ރައްޔިތުން އިތުރަށް ސޮއްބެ ވިޔަނުދީ ޓެސްޓްހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް އަތުކުރި އޮޅާލައްވާ ރައްޔިތުންގެ ޙައްގުގައި މިކަން ކޮށްލަ ދެއްވާށެވެ. އެކުއެކީ ތެދުވެ ކޮވިޑް-19 އިން އަރައިގަތުމަށް މަސައްކަތް ކުރަމާ ހިންގަވާށެވެ. އިހަށް ނުވި ރައްކަލެއް ފަހުންވެސް ނުވެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު