ޗައިނާގައި ސްކޫލް ދަރިވަރުންނަށް ކޮވިޑް ވެކްސިން ދިނުމުގެ ކެމްޕޭނެއް ފަށައިފިއެވެ.
މިކެމްޕޭނުގެ ދަށުން އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުޑަކުދިންނަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކެމްޕޭނުގެ މަގްސަދަކީ ކޮވިޑުގެ ނުރައްކާތެރި ވޭރިއަންޓެއް ކަމަށްވާ، މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ޑެލްޓާ ވޭރިއަންޓު ކޮންޓްރޯލް ކުރުމެވެ.
ޗައިނާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ސަރުކާރުގެ ވުޒާރާތަކުން، ޗައިނާގެ ސިޓީތަކާއި ކުދި އަވަށްތަކުގައި ދިރިއުޅޭ ސްކޫލް ދަރިވަރުންނަށްވެސް ކޮވިޑް ވެކްސިން ދިނުމުގެ ކެމްޕޭނު ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށް އެދިފައެވެ.
ޗައިނާގައި މިހާތަނަށް ކޮވިޑް ވެކްސިނުގެ 1.6 ބިލިއަން ޑޯޒު އެގައުމުގެ ރައްޔިތުންނަށް ދީފައިވާއިރު، ޗައިނާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެގައުމުގެ އާބާދީގެ 85 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ފުރިހަމަ ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު