ދިވެހިންގެ މެދުގައި މަގުބޫލް ސުޕާރީގެ އެކި ބާވަތްތަށް ފުޅީގައި ބަންދުކޮށްގެން ޖަމާލީ ސްޓޯރުން ބާޒާރަށް ނެރެފިއެެވެ.

ރަބަރު ކޮތަޅުގައި ބަންދު ކުރި ސުޕާރީ ރާއްޖެއަށް އެތެރެކުރުން މަނާކުރުމުން ޖަމާލީ ސްޓޯރުން ވަނީ ބިއްލޫރި ފުޅީގައި ސްޕާރީ ބަންދުކޮށްގެން ބާޒާރަށް ނެރޭނެ ކަމަށް ކުރިން ވެސް ބުނެފައެވެ. އެގޮތުން ޖަމާލީ ސްޓޯރުން ޑިސްޓިބިއުޓްކުރާ ސްޕާރީގެ ބާވަތްތައް ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ނެރެ މިހާރު ވިއްކަމުންދާއިރު އޭގެތެރޭގައި ދިވެހީން މެދުގައި މަގުބޫލު އެކި ވައްތަރުގެ ސުޕާރީ ހިމެނެއެެވެެ.

ހުރުހާ ވައްތަރެއްގެ ސްޕާރީވެސް ޖަމާލީ ސްޓޯރުން ރީޓެއިލްކޮށާއި ހޯލްސޭލްކޮށް ވެސް މިހާރު ވިއްކަމުން ގެންދަނީ ފުޅީގައި ބަންދުކޮށްގެންނެވެ.

އެގޮތުން ޖަމާލީ ސްޓޯރުން ފުޅީގައި ބަންދުކޮށްގެން ބާޒާރަށް ނެރެ ވިއްކާ ސުޕާރީގެ ބާވަތްތަކުގެ ތެރޭގައި ކޭޓޫ ބަބްލީ، ޒައިބް އަދި ކިސް ސްޕާރީ އާއި ސުޕަރ ޝޮޓް ސުލްތާން ސިލައިސް ހިމެނެއެވެ. އެފިހާރައިން ވިއްކާ ސުޕާރީގެ އަގުތަށް ހުރީ އަތްފޯރާ ފަށުގައި ވަރަށް ފެންވަރު ރަނގަޅުކޮށް ބަންދުކޮށްފައިކަން ވެސް ފާހަގަކޮށްލެވެއެވެ.

އެގޮތުން ޒައިބު ސުޕާރީ ފުޅިއެއް އެ ފިހާރައިން 85ރ. އަށް ލިބޭއިރު ހޯލް ސޭލްކޮށް ނުވަތަ ގަނޑުކޮށް ނަގާނަމަ ފުޅިއެއް 75ރ. އަށް ލިބެއެވެ. ބަބްލީ ފުޅިއެއް 75ރ. އަށް ޖަމާލީ ސްޓޯރުން ލިބެން ހުރިއިރު ހޯލް ސޭލްކޮށް ނުވަތަ ގަނޑުކޮށް ނަގާނަމަ ފުޅިއެއް 65 ރުފިޔާއަށް އެފިހާރައިން ލިބެން އެބަހުއްޓެވެ. މީގެއިތުރުން އައިސް ކޫލް ސްޕާރީ ފުޅިއެއް ވަކިން 70 ރުފިޔާ އަށް ލިބެންހުރިއިރު ހޯލް ސޭލްކޮށް ވިއްކާ އަގަކީ ފުޅިއެއް 60 ރުފިޔާއަށެވެ. ސުލްތާން ސްލައިސް ފުޅި ވެސް ހަމަ މި އަގުތަކުގައި އެ ފިހާރައިން ލިބެއެެވެ.

މީގެ އިތުރުން ކޭޓޫ ބަބްލީ، ފުޅިއެއް ޖަމާލީ ސްޓޯރުން ވަކިން 70 ރުފިޔާއަށް ލިބޭއިރު މި ބާވަތުގެ ސްޕާރީގެ ހޯލް ސޭލް އަގަކީ 60 ރުފިޔާއެެވެ. ކިސް ސްޕާރީ ފުޅިއެއް ހަމަ މި އަގުތަކުގައި އެ ފިހާރައިން ލިބޭނެއެވެ. އަދި ޒައިބު ސޮޓް ސުޕާރީ ފުޅިއެއް ޖަމާލީ ސްޓޯރުން ވަކިން ވިއްކަނީ 65 ރުފިޔާ އަށެވެ. މި ބާވަތުގެ ސްޕާރީ ހޯލް ސޭލްކުރާ އަގަގީ 55 ރުފިޔާ އެވެ. ސުޕަރ ޝޮޓް ސްޕާރީ ފުޅިވެސް ޖަމާލީ ސްޓޯރުން ވިއްކަނީ ހަމަ މި އަގުތަކުގައެވެ.

ލޮޓަސް ފިހާރައަކީ ދިވެހީންގެ މެދުގައި އެންމެ މަގުބޫލު ރަސްލީ ސުޕާރީގެ ރާއްޖޭގެ ހޯލްސޭލް ޑިސްޓްރިބިއުޓަރެވެ.



ކިޔުންތެރިންގެ ހިޔާލު


11

ސުޕާރީ މޭން

12-Aug-2021

ޚަބަރު ލިޔަން ނޭނގުނަސް ލިޔަން ވާނެ. އެންމެ ކުޑަ މިނުން ފިހާރަ އިންނަ ތަން ޖަހާލިނަމަ.



ޓްރެންޑިން