ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު (ވ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ކ)
ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު (ވ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ކ)
ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ މ. ޝައިނިންގ ސްޓަރ އަޙްމަދު ރިޟުވާން ޢަބްދުﷲ ގެއްލުނު މައްސަލަ ނުބެލުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދުވަހަކުވެސް އަންގަވާފައި ނުވާކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން އަލްޖަޒީރާއިން ނެރުނު "ސްޓީލިންގ ޕެރެޑައިސް" ޑޮކިއުމެންޓްރީގައިވާ ބައެއް މަޢުލޫމާތުތަކާ ޙަވާލާދީ ރާއްޖޭގެ އޮންލައިން މީޑިއާއަކުން ވަނީ ރިޟުވާންގެ މައްސަލަ ނުބެލުމަށް ރައީސް ޔާމީން، އޭރުގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރަށް އެންގެވި ކަމަށް ރިޕޯޓް ކޮށްފައެވެ.

އެކަމަށް ރައްދު ދެއްވަމުން ޢުމަރު ނަސީރު މިއަދު ވިދާޅުވީ، ރިޟުވާންގެ މައްސަލަ ނުބެލުމަށް ނުވަތަ ހުއްޓާލުމަށް ރައީސް ޔާމީން އެއްވެސް އިރެއްގައި އޭނާ ގާތުގައި ވިދާޅުވެފައި ނުވާކަމަށެވެ. އަދި އެ ޚަބަރަކީ ކަނޑައެޅިގެން "އޯވަރވެލްމް" ގެ މާނަ އޮޅޭގޮތަށް ލިޔެފައިވާ ޚަބަރެއް ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

ރިޟުވާންގެ މައްސަލައިގެ އަޑު އަނެއްކާވެސް ގަދަވެފައި މިވަނީ، އެމައްސަލައާ ގުޅިގެން ބަޔާނެއް ނެގުމަށް ކުރީގެ ރައީސް ޔާމީން އިއްޔެ "މަރު ކޮމިޝަނަށް" ޙާޟިރުކުރުމާއި ގުޅިގެންނެވެ.

މަރު ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުންނެވިއިރު، އެކުލަވާލި ރިޕޯޓްތަކުގައިވެސް ރައީސް ޔާމީނާއި މަރުތަކާއި ގުޅުމެއް އޮތް ވާހަކައެއް ނެތެވެ. ބައެއް މަރުތަކާއި ރައީސް ޔާމީނާ ގުޅުވައިގެން ވާހަކަ ދެއްކިނަމަވެސް އެފަދަ ހެއްކެއް ނެތްކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިޔާ ރިޟުވާން ގެއްލުވަލި ހާދިސާއާއި ބްލޮގަރ ޔާމިން ރަޝީދުގެ މަރުގެ ހާދިސާ ހިންގާފައިވަނީ ރައީސް ޔާމިންގެ ވެރިކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން