ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ބޭބެ، ޔާމިން އާދަމް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީއާ ގުޅިވަޑައިގެންފިއެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީއަކީ ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ ޕާޓީއެކެވެ.
އެމްއެންޕީން ބުނީ ޒުވާން، އަދި ކާމިޔާބު ވިޔަފާރިވެރިޔާ، ޔާމީން އާދަމް އެޕާޓީއާ ގުޅިވަޑައިގެންފައިވާކަމަށެވެ. އަދި އޭނާއަށް އެޕާޓީން ވަރަށް ހޫނު މަރުހަބާއެއް ކިޔާކަމަށް ވެސް ބުނެފައި ވެއެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗީފް ވިޕް، ރޮޒައިނާ އާދަމްގެ ބޭބެ، ޔާމިން އާދަމް މޯލްޑިވްސް ނެޝަނަލް ޕާޓީއާ ގުޅިވަޑައިގެންފައިވާއިރު، ރޮޒައިނާއަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އަނެއްކޮޅުން ބައެއް ފަރާތްތަކުން ބުނާގޮތުން އެމްއެންޕީއަކީ ރައީސް ޞާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ނުލިބިއްޖެ ހާލަތެއްގައި ރިޔާސީ ޓިކެޓް ހޯދަން އުފައްދާ ޕާޓީއެކެވެ.
އެމްއެންޕީއަށް މެމްބަރުން ހޯދުމުގެ މަސައްކަތް މާލޭގައި ކުރަމުންދާއިރު، ރަށްރަށުގައިވެސް އެޕާޓީއަށް މެމްބަރުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެމްއެންޕީއާ މިއަދު ގުޅިވަޑައިގެންނެވި ޒުވާން، އަދި ކާމިޔާބު ވިޔަފާރިވެރިޔާ ޔާމީން އާދަމް އަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން pic.twitter.com/njOT5EzqHl
— Maldives National Party (@MNP_Secretariat) August 4, 2021
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗީފް ވިޕް، ރޮޒައިނާ އާދަމްގެ ބޭބެ، ޔާމިން އާދަމް މޯލްޑިވްސް ނެޝަނަލް ޕާޓީއާ ގުޅިވަޑައިގެންފައިވާއިރު، ރޮޒައިނާއަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އަނެއްކޮޅުން ބައެއް ފަރާތްތަކުން ބުނާގޮތުން އެމްއެންޕީއަކީ ރައީސް ޞާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ނުލިބިއްޖެ ހާލަތެއްގައި ރިޔާސީ ޓިކެޓް ހޯދަން އުފައްދާ ޕާޓީއެކެވެ.
އެމްއެންޕީއަށް މެމްބަރުން ހޯދުމުގެ މަސައްކަތް މާލޭގައި ކުރަމުންދާއިރު، ރަށްރަށުގައިވެސް އެޕާޓީއަށް މެމްބަރުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު