6 މޭގެ ބޮމުގެ ހަމަލާއާ ގުޅިގެން ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ވަކީލެއްގެ ގޮތުގައި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިކަމަށް އެދިވަޑައިގެންނެވީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
ޝަމީމަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ނަޝީދު ވަނީ ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް އަދިވެސް ލިބިވަޑައިނުގަންނަވާކަމަށް ޕީޖީ ވިދާޅުވި ވާހަކަފުޅަށް އިޝާރާތްކުރައްވާފައެވެ. އެހެންކަމުން އެ މައްސަލައިގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަކީލެއްގެ ގޮތުގައި އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ހަމަޖައްސަވައި ދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ޕީޖީއާއި ފުލުހުން މީގެކުރިން ވިދާޅުވީ، މިމައްސަލައިގައި ރައީސް ނަޝީދުގެ ބަޔާނެއް މުހިއްމުކަމަށާއި، ނަމަވެސް މިހާތަނަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ބަޔާނެއް ލިބިވަޑައިގެންފައިނުވާކަމަށެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަކީލެއްގެ ގޮތުގައި އެމަނިކުފާނުގެ ކޮއްކޯފުޅު ހަމަޖެއްސުމަށް އެދިވަޑައިގެންފައިވާއިރު، ބޮމުގެ ހަމަލާގެ މައްސަލަ ތަހުޤީޤްކޮށް، މިހާތަނަށް ވަނީ 5 މީހަކަށް ދައުވާކުރުމަށް ފޮނުވާފައެވެ. އަދި އޭގެތެރެއިން ބޮން ގޮއްވާލި އަދުހަމް އަހުމަދު ވަނީ ކުށަށް އިއުތިރާފްވެ، ޕީޖީއާއެކު އެއްބަސްވުމެއްވެސް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު