ރ. ފުއްގިރި ރިސޯޓެއްގެ ގޮތުގައި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލައިގައި އެމަނިކުފާނު ދެއްވި ބަޔާން އާއްމުކުރެއްވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންކަމަށް ބުނާ ވާހަކަތައް ޕީޖީ، ހުސައިން ޝަމީމް ދޮގުކުރަށްވައިފިއެވެ.
ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީން ފުލުހުންނަށް ދެއްވި ބަޔާން ރާއްޖޭގެ އޮންލައިން ނޫހަކަށް ލިބިފައިވާކަމަށާއި، އަދި އެ ބަޔާނުގައި ހުރިކަމަށް ބުނާ ވާހަކަތަކެއް ވަނީ އެ ނޫހުން އާއްމުކޮށްފައެވެ.
މިކަމާއި ގުޅިގެން ޕީޕީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ ފުލުުހުންނާއި ޕީޖީ ގުޅިގެން ހިންގި ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ނަމަވެސް ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ ރައީސް ޔާމީންގެ ތަހުޤީޤީ ބަޔާން ކޯޓުން އެންމެ ފަހުން ދޫކުރީ ރައީސް ޔާމީންގެ ވަކީލުންނަށް ކަމަށެވެ. އެހެންކަމުން ބަޔާންތައް ލީކު ކޮށްލުމުގެ ފުރުސަތު ރައީސް ޔާމީންގެ ވަކީލުންނަށް އޮންނާނެކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ރައީސް ޔާމީންގެ ބަޔާން ޕްރޮސެކިއުޓަރ ޖެނެރަލާއި ފުލުހުންގެ އަތުގައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރުވެސް އެބަޔާން ލީކުވެފައިނުވާ ކަމަށެވެ. އަދި އެ ބަޔާންތައް ލީކުވެގެން އުޅެނީ ޕީޖީ އޮފީސް ތެރެއިން ނޫންކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ޝަމީމް ވިދާޅުވިއެެވެ.
ރައީސް ޔާމީން ދެއްވި ބަޔާން ލީކްކޮށްލައިގެން ނޫހެއްގައި ޝާއިޢުކޮށްފައިވާއިރު، އެކަމާއި ގުޅިގެން އެ ނޫހާއި މެދު ފިޔަވަޅު އެޅުމަށްވެސް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު