އިންސާނުން އަބަދު އަޅުވެތިކޮށްގެން ގެންގުޅެވޭނެކަމަށް އެއްވެސް ބަޔަކު ޤަބޫލުކޮށްގެން ނުވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ސީދާ ކޮންކަމަކާއި ގުޅުވައިގެންކަމެއް ނޭނގެއެވެ. ނަމަވެސް މިދުވަސްވަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ މިހާރުގެ ސަރުކާރުން އަށްޓެރި އިންޑިއާއެކު ބާއްވާ އަޑިނޭނގޭ ގުޅުންތަކުގެ ސަބަބުން ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާފަދަ ކަންތައްތަކެއް ހިނގަމުން އަންނަ ދުވަސްވަރެއްކަމުން މިއީ އެފަދަ ކަމަކަށް އިޝާރާތްކުރައްވައި ވިދާޅުވި ވާހަކައެއްކަމަށް ބެލެވެއެވެ.

ޑރ. ޝަހީމް ވިދާޅުވީ އިންސާނީ ފިތުރަތަކީ މިނިވަންކަމަށް ލޯބިކުރުންކަމަށާއި ކޮންމެ ދުވަހަކުވެސް އިންސާނާ އެ މިނިވަންކަމުގެ ޖައްވަށް ނޭވާލާނެކަމަށެވެ. އަދި ސިޔާސީ ކަންކަމުގައިވެސް މިކަން އޮންނާނީ ހަމަ މިހެންކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިންސާނުން އަބަދު އަޅުވެތިކޮށްގެން ގެންގުޅެވިދާނެކަމަށް ޤަބޫލުކޮށްގެން ނުވާނެކަމަށެވެ.



ސިޔާސީ ކަންކަމާއި މިނިވަންކަމާއި ގުޅޭގޮތުން ޑރ. ޝަމީމް ވާހަކަދައްކަވާފައިވާއިރު، ކުރީގެ ރައީސް، ރައީސް ޔާމީނާ ދެކޮޅަށް މިހާރު ހިންގަމުންދާ ކަންކަމަކީ އެމަނިކުފާނަށް އަނިޔާ ދިނުމުގެ ނިޔަތުގައި ކުރާ ކަންކަންކަމަށް އިދިކޮޅު ޕީޕީއެމުން ދަނީ ބުނަމުންނެވެ. އަދި އެއީ އެމަނިކުފާނަށް އޮތް ތާއީދު ފެނި، ސަރުކާރަށް ކެއްނުކުރެވޭތީ ކުރަމުންދާ ކަމެއްކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު