ވެކްސިނަށް ހޭލުންތެރިކުރުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވެކްސިނޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ.

މި ކެމްޕެއިނަކީ ކޯވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަމާ ގުޅޭ މަޢުލޫމާތު ޓީޗަރުންނާއި، ތަޢުލީމީ ދާއިރާގެ މުއައްޒަފުން މެދުވެރިކޮށް ދިނުމަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ.



އެޑިއުކޭޝަން މިނިސްްޓްރީން ބުނީ ސޯޝަލް މީޑިއާގައި މި ކެމްޕެއިން ޕްރޮމޯޓްކުރާއިރު ދޭ މެސެޖަކީ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުންކަމަށެވެ. އަދި މިކެމްޕެއިން ސްކޫލްތަކުގައާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާނެކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.



އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ދަރިވަރުންނާއި ގުޅުންހުރި ހުރިހާ ފަރާތްތަކަކީވެސް ކޯވިޑް-19 އިން ރައްކާތެރިވުމަށް، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ހެދުމުގެ ގޮތުން ތަޢުލީމީ ދާއިރާގެ ގިނަ އަދަދެއްގެ މުއައްޒަފުން މިހާރުވެސް ވެކްސިން ފުރިހަމަ ކޮށްފައިވާކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށަންވާއިރަށް ސްކޫލްތަކުގެ މުވައްޒަފުން ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ފުރިހަމަކުރުމަށް އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މިކެމްޕެއިންގެ އިތުރުން، ސަރުކާރުން ވަނީ ވެކްސިން ދިނުމުގެ ޤައުމީ ކެމްޕެއިނެއްވެސް ފަށާފައެވެ. އަދި މިމަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް ވެކްސިން ދީ ނިންމުމަކީ ސަރުކާރުގެ އަމާޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން