ކޯވިޑް ހާލަތު ރަނގަޅު ނޫންކަމަށް އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ލިސްޓުގައި އަނެއްކާވެސް ރާއްޖެ ހިމަނައިފިއެވެ.

ޔޫކޭގެ ކޯވިޑް ރެޑް ލިސްޓުގައި އަނެއްކާވެސް ރާއްޖެ ހިމަނާފައިވާއިރު، ރާއްޖޭގައި ކޯވިޑްގެ ހާލަތު ރަނގަޅުވަމުންދިއުމާއެކު، ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ ނަގާނެކަމަށް އޮތީ ބެލެވިފައެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ސަރުކާރުން އެންމެފަހުން އެކުލަވާލި ލިސްޓުގައިވެސް ރާއްޖެ އޮތީ، ކޯވިޑް ހާލަތު އެންމެ ނުރައްކާތެރިކަމަށް އެމީހުން ކަނޑައަޅާފައިވާ ލިސްޓުގައެވެ. އެ ލިސްޓުގައި ރާއްޖޭގެ އިތުރުން އަފްޣާނިސްތާނު، ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާނު، ޔޫއޭއީފަދަ ޤައުމުތައް ހިމެނެއެވެ.

ޔޫކޭ ރެޑް ލިސްޓުގައި ރާއްޖެ ހިމެނުމުން، ރާއްޖެއިން ޔޫކޭއަށް ދަތުރުކުރާ މީހުން 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހެއެވެ. މީގެތެރޭގައި ރާއްޖެއިން އެނބުރި ޤައުމަށްދާ އިނގިރޭސި ފަތުރުވެރިންވެސް ހިމެނެއެވެ. އެހެންކަމުން މިއީ އިނގިރޭސި ވިލާތުން ފަތުރުވެރިން ރާއްޖެ އައުމަށް އޮތް ބޮޑު ހުރަހެކެވެ.

އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ރާއްޖެ އޮތްއިރު، އިންޑިއާ ކަނޑުގެ ޖަޒީރާތައްކަމަށްވާ މޮރީޝަސް، ރީޔޫނިއަންއާއި، އެހެން ޖަޒީރާ ޤައުމުތައް އޮތީ އިނގިރޭސިވިލާތުން ރައްކާތެރިކަމަށް ކަނޑައެޅި ގްރީން ލިސްޓުގައެވެ.

މިހާރުގެ ސަރުކާރަކީ އިނގިރޭސި ވިލާތާއި ވަރަށް ގާތް ގުޅުމެއް އޮންނަ ސަރުކާރެއް ކަމަށް ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވިދާޅުވަމުން ގެންދެވި ނަމަވެސް އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުގައި ރާއްޖެ ހިމެނުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން