ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ 147 ރިސޯޓެއްގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރާއްޖޭގައި ވެކްސިންގެ ޤައުމީ ކެމްޕެއިން ފަށާފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްވެސް ދަނީ ކުރިއަށެވެ. ސަބަބަކީ ރާއްޖެ އަންނަ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތް ކުރާ ބަޔަކީ މި ދާއިރާގެ މުވައްޒަފުންނަށްވުމެވެ. އޭގެ ސަަބަބުން ވެކްސިން ޖެހުމުގެ ސަބަބުން މުވައްޒަފުންނާއި އަދި ރާއްޖެ އަންނަ ފަތުރުވެރިޔާއަށްވެސް އިތުބާރާއި ޔަޤީންކަން ބޮޑުވާނެތީއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގައި އޮޕަރޭޓްކުރާ 157 ރިސޯޓްގެ ތެރެއިން 147 ރިސޯޓުން މިހާތަނަށް ހުރިހާ މުވައްޒަފުންނަށް ވެކްސިންގެ 2 ޑޯޒް ޖަހައި، ވެކްސިން ފުރިހަމަކޮށްފައިވާކަމަށެވެ. އަދި މިއީ މިދިޔަ 6 މަސްދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތެއްކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

ރިސޯޓްތަކުގައި 41470 މުވައްޒަފުން މަސައްކަތްކުރާއިރު މީގެތެރެއިން 40407 މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އެއީ 97.44 އިންސައްތައެވެ. އަދި 37776 މުވައްޒަފުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. އެއީ 91.09 އިންސައްތައެވެ،

ވެކްސިން ޖަހާފައިވާ ބަޔަކު އުޅޭ މަންޒިލަކަށް ރާއްޖެ ހެދުމަށް "އަހަރެން ވެކްސިން ޖަހައިފިން"ގެ ނަމުގައި ކެމްޕެއިނެއްވެސް މިދިޔަ އޭޕްރިލްމަހު ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން ވަނީ ފަށާފައެވެ. މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތަކަށް ވެކްސިން ޖަހައި މުޅި ދުނިޔޭންވެސް އެންމެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް" ޓޫރިޒަމެއް ޤާއިމްކުރާ ޤައުމަށް ރާއްޖެ ހެދުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން