ރައީސް ނަޝީދާއި ހަސަން ލަތީފް / ފޮޓޯ: އަވަސް
ރައީސް ނަޝީދާއި ހަސަން ލަތީފް / ފޮޓޯ: އަވަސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިވަގުތު މާލެ ވަޑައިގެންނެވުމަކީ ރުހިވަޑައިގަންނަވާ ކަމެއް ނޫންކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވެފައި މިވަނީ އަންނަމަސް ނިމުމުގެ ކުރިން މާލެ ވަޑައިގަތުމަކީ އެކަށީގެންވާ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

މިކަމާއި ގުޅޭގޮތުން މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދު މާލެ ވަޑައިގަންނަވަން ވާނީ މަޖިލީހުގެ އިންކުއަރީ ރިޕޯޓުގައި ހުށަހަޅާފައިވާ ކަންކަމާއި ގުޅޭގޮތުން ސަރުކާރުން އަމަލުކުރަން ރާވާފައިވާ ގޮތް އެނގުމުން ކަމަށެވެ. އަދި އޭގެކުރިން ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަކީ ހަސަން ލަތީފު އެދިވަޑައިގަންނަވާ އަދި ރުހިވަޑައިގަންނަވާ ކަމެއްވެސް ނޫންކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އެގޮތަށް ކަންކަން ކުރަންޖެހެނީ ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެނގިފައި ހުރި ކަންކަމަށް އަމަލުކޮށްފައި ހުރި ގޮތުންކަމަށެވެ.

"އިންކުއަރީގެ ރިކޮމެންޑޭޝަންސްއަށް އަމަލުކުރަން ރާވާފައިވާ ގޮތް އެނގުނީމަ ނޫނީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަކީ އަޅުގަނޑު އެދޭނެ އަދި ރުހޭނެކަމެއް ނޫން. ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެނގިފައި ހުރި ކަންކަމަށް އަމަލުކޮށްފައިހުރި ގޮތުން މިގޮތަށް ދަންނަވަން މިޖެހުނީ." ހަސަން ލަތީފް ވިދާޅުވިއެވެ.

ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތުގައި ހުންނެވުމަށްފަހު މިހާރު ރައީސް ނަޝީދު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

އޮންލައިން ފޯރަމެއްގައި ބައިވެރިވެވަޑައިގެން ރޭ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ސެޕްޓެމްބަރުގައި މާލެ ވަޑައިގަންނަވާނެކަމަށެވެ. އަދި މެއި 6 ގައި ދިން ހަމަލާއަކީ، އެހަމަލާ ހިންގި މީހުންނާ ހަމައިން އެކަނި ނިމޭނެ ކަމެއް ނޫންކަމަށާއި، އެއީ ބޮޑު ނެޓްވޯކަކުން ކޮށްފައިވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެ އެންމެން ހައްޔަރުކޮށް ފިޔަވަޅު އެޅިފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ބުލުބެ

12-Aug-2021

ހަސަން ލަތީފް އަންނިއާ ހިތާވެފަ ހުންނަނީ.



ޓްރެންޑިން