އިނގިރޭސި ވިލާތުގެ ކޯވިޑް ރެޑް ލިސްޓުގައި ރާއްޖެ މިފަހަރު ހިމެނުނީ ހެލްތު މިނިސްޓްރީގެ އިހުމާލުންކަން ހާމަވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ފަރާތުން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބޭރަށް ސާމްޕަލްތައް ފޮނުވައިގެން ޓެސްޓްކުރެވެނީ ވަރަށް މަދު ސީކްއަންސެެއް ކަމަށެެވެ.

އިނގިރޭސި ވިލާތުން އެކި ގައުމުތަކަށް ދަތުރުފަތުރު ކުރުމުގައި ގައުމުތަކުން ސީކްއަންސް ކުރެވޭ އަދަަދަށް ބަލާކަމަށް ނަޒްލާ ވިދާޅުވިއެވެ. ރާއްޖޭގައި ސީކްއަންސް ސެޓަޕެއް އަދި ގާއިމު ކުރެވިފައި ނެތްކަން ހާމަކުރަށްވަމުން ޑރ. ނަޒުލާ ވަނީ އެފަދަ ސެޓަޕެއް ރާއްޖޭގައި ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަން ކުރެވޭނީ ކިހާތާކު ކަމެއް އޭނާ ހާމައެއް ނުކުރަށްވައެވެ.

ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއް ގައުމު ކަމަށްވާ އިނިގިރޭސި ވިލާތުގެ ކޯވިޑް ރެޑް ލިސްޓުގައި މިފަހަރު ވެސް ރާއްޖެ ހިމަނާފައިވާއިރު، ރާއްޖޭގައި ކޯވިޑްގެ ހާލަތު ރަނގަޅުވަމުންދިއުމާއެކު، ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ ނަގާނެކަމަށް އޮތީ ބެލެވިފައެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ސަރުކާރުން އެންމެފަހުން އެކުލަވާލި ލިސްޓުގައިވެސް ރާއްޖެ އޮތީ، ކޯވިޑް ހާލަތު އެންމެ ނުރައްކާތެރިކަމަށް އެމީހުން ކަނޑައަޅާފައިވާ ލިސްޓުގައެވެ. އެ ލިސްޓުގައި ރާއްޖޭގެ އިތުރުން އަފްޣާނިސްތާނު، ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާނު، ޔޫއޭއީފަދަ ޤައުމުތައް ހިމެނެއެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު ރަނގަޅުވެ، އައު އާންމު ހާލަތަށް ގައުމު ގެންދެވިއްޖެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވި ނަމަވެސް ޔޫކޭގެ ރެޑްލިސްޓުން ރާއްޖެ އުނި ނުކުރީ ހެލްތު މިނިސްޓްރީގެ އިހުމާލުން ސީކްއެއްންސް ނުކުރެވޭތީކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުން ވަނީ ހާމަވެފައެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ރަސް އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ރާއްޖޭގައި ސީކްއަންސް ކުރިއަށް ގެންދަނީ ޑަބްލިއުއެޗްއޯ އިން ހުއްދަދޭ ބޭރުގެ ކަމާގުޅޭ ލެބަކަށް ފޮނުވައިގެން ކަމަށެވެ. އެގޮތަށް ސާމްޕަލްތައް ބޭރަށް ފޮނުވައިގެން ނަތީޖާ ލިބެން ވަރަށް ގިނަ ދުވަސް ނަގާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ފޮނުވާ ސާމްޕަލްތަކުގެ ނަތީޖާތައް އަޕްލޯޑްކުރަންޖެހޭ ވެބްސައިޓެއް ކޮވިޑްގެ ދުނިޔޭގެ ހުރިހާ ސީކްއަންސް ވެސް ޓެސްޓްކޮށްފައި އަޕްލޯޑްކުރާ ރި ޕޮޒިރިވިޓީ އިންނަނީ އެތަނަށް، އަޅުގަނޑުމެން ސީކްއަންސް ޓެސްޓް ކުރި ލެބުން އަޕްލޯޑްކޮށްފައި އޭތި ފެނުމުގައި ކުޑަ މައްސަލައެއް ދިމާވެގެން މިވަގުތު މިއުޅެނީ." ސީކްއެންސް ކުރުމުގައި ރާއްޖޭގެ ކަމާބެހޭ ފަރާތްތައް ވަރަށް ބޮޑަށް ފެއިލްވެފައިވާކަން ހާމަވާފަދަ މޭރުމަކުން ޖަވާބު ދެއްވަމުން ޑރ. ނަޒުލާ ވިދާޅުވިއެވެ.

"ބައެއް އިތުރު ލެބްތަކާއި އެއްކޮށްވެސް ތަންކޮޅެއް ގިނަ ސާމްޕަލްތައް މިހާރަށްވުރެ އަވަހަށް ނަތީޖާ ލިބޭނެ ގޮތަށް ފޮނުވުމުގެ އިންތިޒާމް ވެސް މިވަގުތު ކުރިއަށް އެބަދޭ، 5 ޕަސެންޓަށް ވުރެ އިތުރަށް ސީކްއަންސް ފޮނުވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން." ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެގެން ދިޔައިރުވެސް ހެލްތު މިނިސްޓްރީގެ އިހުމާލުން ރާއްޖޭގެ އިގްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ މިމައްސަލައިގައި ހެލްތު މިނިސްޓަރ ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އަލީ ނަސީމް

12-Aug-2021

މީހުން އެ ގޮތަށް ދުއްޓަސް، އެންބިޔުލާންސް ދޫއްވާ ޑިޕާޓްމަންޓެއް ހަދާ ގޮތަށް، ސާމްޕަލް ފޮނުވާ ޑިޕާޓްމަންޓަކާ، އަޕްލޯޑްކުރާ މަޢުލޫމާތު ފެންނާނެ ގޮތް ހަދާ ޑިޕާރޓްމަންޓެއް އުފައްދަނިކޮށް ރަނގަޅުވާނެ. ކޮންމެ ފަދަ ކަމެއް ކުރިޔަސް، ނާޤާބިލުކަމާއި ލާދީނިއްޔަތުކަން ހުރި މީހަކު މަޤާމުން ދުރުކުރާކަށް އިންޑިއާގެ ރުހުމެއް ނުލިބޭނެ. އެހެންވީމާ ކިތަންމެ ނާޤާބިލަސް، ކިތަންމެ ކޮރަޕްޓަސް އިންޑިއާ ފަސްޓް ޕޮލިސީ ދިފާޢުކުރާ ލާދީނިއްޔަތަށް ތާއީދުކުރާ ކޮރަޕްޓް، ނާގާބިލު މީހުންނަށް އިނޑިއާއިން ވަޒީރުކަން ކަށަވަރުކޮށްދޭނެ. ކޮން ކަމަކާ ނަސީމު ހާސްވާންޖެހޭނީ.



ޓްރެންޑިން