ދައުލަތުގެ މުދާ ރަހުނުކޮށްގެން ދަރަނި ނެގުމުގެ ވިސްނުންފުޅު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނުގެންގުޅުއްވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިހެން ބުނީ، ދައުލަތުގެ ބައެއް ބިންތައް ރަހުނުކުރުމަށްފަހު ސުކޫކެއް ވިއްކުމުގެ މަސައްކަތަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި މިނިސްޓްރީގެ ބައެއް މުވައްޒަފުން ދުބާއީއަށް ފުރާފައިވާ ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކުރުމާއި ގުޅިގެންނެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ ‎ދަތުރުގެ މައިގަނޑު ބޭނުމަކީ މެދު އިރުމަތީގެ އިންވެސްޓަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމާއި އިގްތިސާދީ ގޮތުން ރާއްޖެއަށް ލިބިފައިވާ ކުރިއެރުމުގެ ވާހަކަ ހިއްސާކުރުން ކަމަށެވެ.



އަދި މިހާ ތަނަށް ދައުލަތުން މުދަލެއް ރަހުނުކޮށްގެން ދަރަންޏެއް ނަގާފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

"ކުރިޔަށްއޮތް ތަނުގައިވެސް ދައުލަތުގެ މުދަލެއް ރަހުނުކޮށްގެން ދަރަންޏެއް ނެގުމަށް މިނިސްޓަރ އަމީރު ވިސްނުންފުޅެއް ނުގެންގުޅުއްވައެވެ." ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ދައުލަތުގެ މުދަލެއް ރަހުނުކޮށްގެން ލޯނެއް ނަގާފައިނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނި ނަމަވެސް ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގައި އިމާރަތްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކޮށްގެން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވަނީ ވިއްކާފައެެވެ. ދަރުމަވަންތަ އިމާރާތް ރަހުނުކޮށް ވިއްކި ސުކޫކުން މީގެ ކުރިން ވަނީ 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ) އާއި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ސަރުކާރުން ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ދޮގޭ

12-Aug-2021

ޖަނަވާރެއް ތިޔައީ


10

ސަމޭދާން

12-Aug-2021

އިގްތިސާދީ ގޮތުން ކުރިއަރައިގެން ގޮސް ބަންޑުންދަަނީ މިއޮއްގެން


0

ފިލްމް ސްޓާރ

12-Aug-2021

ހަމަ ތިޔަ ދޫފުޅުން ނޫންތޯ، އޮލިމްޕަހާއި ވެލާނާގެ ރަހުނު ކޮށްފައި އިސްލާމީކް ސުކޫކެއް ގަންނާން ހަމަޖެހިފައިވާ ވާހަކަ ވިދާޅުވީ. ރައްޔިތތުންނަށް އޮޅުވައިލާން ލޯނޭ ދަރަންޏޭ ނުކިޔަސް ތަންތަން މޯގޭޖުކޮށްފައި އެ ނަގަނީ ހަމަ ދަރަނި. ނަން ބަދަލުކޮށްލަނީ އޮޅުވައިލާން.


-1

ތުނިޔަ

12-Aug-2021

ހޮހޮޅަ ހާދައަގުބޮޑޭ ދޯ މީމިސަރުކާރަށްވާނެކަމަކި ޔާމީނުގެ ސަރުކާރުން ދަރުމަވަންތަހޮސްޕިޓާހެދިއިރުކީލަވަޔާ ދިމާ ލެެއް ނުވޭ



ޓްރެންޑިން