ރާއްޖޭގެ އިތުރު ހަތަރު އަތޮޅެއްގައި ޕީސީއާރު ޓެސްޓް ލެބޯޓަރީ ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިއްޔެ ވާހަކަ ދައްކަވަމުން ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގެ ހަތަރު އަތޮޅެއްގައި ޕީސީއާރު ޓެސްޓް ހެދޭނެ ލެބޯޓަރީ ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން ޕީސީއާރު ޓެސްޓް ލެބޯޓަރީ ގާއިމްކުރުމަށް ބައެއް މެޝިނަރީއާއި ވަސީލަަތްތަށް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ހަތަރު ސަރަހައްދެއްގައި ޕީސީއާރު ޓެސްޓް ލެބޯޓަރީ ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ، އެކަމަށް ބޭނުންވާ އިކްޕްމަންޓްތަކުގެ (ވަސީލަތް) ތަކުގެ ތެރެއިން ބައެއް އިކްޕްމަންޓްތައް މިހާރު ވަނީ ލިބިފައި. އިންފްރާސްޓަކްޗަރ މަސައްކަތް ކުރިއަށް ކޮންމެވެސް ވަރަކަށް އެބަހުރި." ޑރ. ނަޒްލާ ވިދާޅުވިއެެވެ.

މާލެ ސަރަހައްދުގައި ޕީސީއާރު ޓެސްޓް ލޯބެޓަރީއެއް ހުންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ރާއްޖޭގެ އަތޮޅުތަކަށް ބަލާއިރު އައްޑޫ އިކްއޯޓިރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ބ. ދަރަވަންދޫއާއި ދ. ކުޑަހުވަދޫގައި ވެސް ޕީސީއާރު ޓެސްޓް ލެބޯޓަރީ ވަނީ ގާއިމްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން