ރާއްޖޭގެ ބާޒާރުގައި ވިއްކަމުން އަންނަ އެމްބެސަޑާ ބްރޭންޑްގެ "ވެޖެޓަބަލް ކްރީމް" ނުވިއްކުމަށާއި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްބެސަޑާ ބްރޭންޑްގެ ވެޖެޓަބަލް ކްރީމް އުފެއްދުމުގައި "ލޯކަސްޓް ބީން ގަމް ބޭނުންކޮށްފައިވާ ކަމަށާއި އެކަމަކު އެ އިންގްރީޑިއަންޓް "އެތިލީން އޮކްސައިޑް" ކިޔާ ކެމިކަލަކުން ތަޣަގައްޔަރުވެފައިވާ ކަމުގެ މައުލޫމާތު ޔޫރަފްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އަންގާފައިވާ ކަމަށެވެ.

އެމްބެސަޑާ ބްރޭންޑްގެ ވެޖެޓަބަލް ކްރީމް ރާއްޖެ އެތެރެކޮށްފައިވާތީ އެ އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ގެއްލުމުގެ މިންވަރު ބަލަމުން އަންނަ ކަމަށް ވެސް އެމްއެފްޑީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަކި ގޮތެއް އަންގަންދެން އެ ބްރޭންޑްގެ ވެޖެޓަބަލް ކްރީމް ނުވިއްކުމަށާއި ބޭނުން ވެސް ނުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

ރައްކާތެރިކަމާ މެދު ސުވާލު އުފެދޭތީ އެމްއެފްޑީއޭއިން މި ފަހުން ވަނީ ކުޑަކުދިންގެ ކާބޯތަކެތި އެޅުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ "މުޝީ" ބްރޭންޑްގެ ސިލިކޯން ސަކްޝަން ޕްލޭޓާއި ސިލިކޯން ސެނެޕް ކަޕް ނުވިއްކުމަށް ވެސް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން