2022 ވަނަ އަހަރު 50 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް މާލޭ ސިޓީކައުންސިލުގެ ބަޖެޓްގައި ލަފާކޮށްފިއެވެ.

މާލޭ ސިޓީކައުންސިލުން އެކަން ހާމަކުރީ ގަލޮޅު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރޭ ބޭއްވި ބައްދަލުވުމެއްގައެވެ. 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އާމްދަނީ ގޮތުގައި ސިޓީކައުންސިލަށް 50 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބަޖެޓުން ޚަރަދުކޮށްގެން ހުޅުމާލޭގައި ސިޓީކައުންސިލުގެ އޮފީހެއް ހުޅުވުމަށް ވަނީ ނިންމާފައެެވެ. ޢެ އޮފީސް ހުޅުވުމަށް 9.6 މިލިއަން ރުފިޔާ ޚަރަދުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ޕާކީން ބިލްޑިންއާއި ޕާކިން ސޮލެޓްތަށް ހެދުމަށް ސިޓީކައުންސިލުގެ ބަޖެޓުން 12 މިލިއަން ރުފިޔާ ޚަރަދުކުރަން ވަނީ ނިއްމާފައެވެ. މީގެ އިތުރުން މާލޭގައި މަސްމާރުކޭޓްގެ އިމާރަތް ހެދުމަށްޓަކައި 10 މިލިއަން ރުފިޔާ ޚަަރަދުކުރަން ނިއްމާފައިވާއިރު، ޕާކްތަކާއި މައިޒާންތަށް ތަރައްގީ ކުރުމަށް 5 މިލިއަން ރުފިޔާ ބަޖެޓްގައި ވަނީ ހިމަނާފައެވެ. އަދި މިހާރު ކުރިއަށްދާ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް 60 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބަޖެޓްގައި ވަނީ ލަފާކޮށްފައެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ، މިއަހަރު ސިޓީކައުންސިލަށް ލިބިފައިވަނީ ގާތްގަނޑަކަށް 191 މިލިއަން ރުފިޔާ ކަމަށާއި، އޭގެތެރެއިން 73 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ. އެހެންކަމުން ބަޖެޓްގެ ބާކީ ހުރީ 118 މިލިއަން ރުފިޔާ ކަމަށާއި، އެފައިސާ ޚަރަދުކުރާނީ އިދާރީ ކަންކަމަށާއި، އޮފީސް ހިންގުމާއި އެހެނިހެން ޚަރަދުތަކަށް ކަމަށް މޭޔަރު ވިދާޅުވިއެވެ.

މާލޭ ސިޓީކައުންސިލްގެ މަސައްކަތްތަށް ކުރިއަށް ގެންދަނީ އެ ބަޖެޓްގެ ތެރެއިން ކަމަށާއި، އެގޮތުން މާލޭ ސަރަހައްދުގެ ކުނި ނެގުމަށް ވެމްކޯއާއި ހަވާލުކޮށްފައިވާއިރު އެތަނަށް ސިޓީކައުންސިލުން ފައިސާ ދޭންޖެހޭކަމަށް މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން