ޖުމުހޫރީޕާޓީގެ ސްލްޓްތަކުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޕާޓީން ވަކިވެ އެހެން ސިޔާސީ ޕާޓީއަކާއި ގުޅި، ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ފަސްޖެހޭނަމަ އެފަދަ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ވަކިކޮށްދިނުމަށް ރައީސުލްޖުމުހޫރިއްޔާއަށް ދަންނަވާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެެވެ.

ރަސްއޮންލައިން އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އިސްލާހުކުރުމަށް އެކުލަވާލެވުނު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސް ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ގާސިމް އިބްރާހިމް ވިދާޅުވީ، ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތައް މަގާމުތަކުގައި ދެމި ތިބުމަށް ކުރިމަތިކުރާ ޝަރުތުތަކަކީ ހަމައެކަނި އެޕާޓީގެ ދަފުތަރުގައި ތިބުން ނޫން ކަމަށެވެ. އަދި އެ ޝަރުތުތަކުގެ ތެރޭގައި މި ސަރުކާރު ކާމިޔާބު ސަރުކާރަކަށް ހެދުމަށްޓަކައި ސަރުކާރުގެ އެންމެހައި ކަންކަމަށް އެއްބާރުލުންދީ ވާގިވެރިވުމަކީވެސް މައިގަނޑު އެއް ޝަރުތު ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

"ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުން، އެއްވެސް ބޭފުޅަކު ވިސްނައިގެން ނުވާނޭ މަގާމުގެ ޒިންމާއަކީ ހަމައެކަނި ކަރުގައި ޓައީ ބަދެގެން އޮފީހަށް ވަދެ ނިކުތުން ކަމަކަށް. ޖޭޕީގެ ސްލޮޓެއްގައި ސަރުކާރުގެ ވަޒީފާ އަދާކުރާ އެއްވެސް ބޭފުޅަކު ޕާޓީން ވަކިވެއްޖެނަމަ އަދި ޖޭޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގަންނަވާނަމަ މަގާމުން ދުރުކޮށްދިނުމަށް ރައީސް ސޯލިހަށް ދަންނަވާނަން. މަގާމުތަކުގައި ދެމިތިއްބެވުމަށް ހަމައެކަނި އޮތީ މި ޝަރުތެއް ނޫން. ސަރުކާރު ކާމިޔާބު ސަރުކާރަކަށް ހެއްދެވުމަށް ކޮންމެ ބޭފުޅަކު ވެސް މަސައްކަތްކޮށް އެބޭފުޅެއްގެ 100 ޕަސެންޓް އެނާޖީ ދޭންވާނެ." އާ ގާނޫނު އަސާސީގެ ދަށުން އުފެދުނު ހުރިހާ ސަރުކާރު ތަކެއްވެސް ގެނައުމަށް އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ލީޑަރު، ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައި ފިނޭންސް މިނިސްޓަރުކަން ކުރައްވައި ބޮޑު ބަޖެޓެއް ހުށައަޅުއްވައި އެ ބަޖެޓަށް ދިރުން ގެނެސްދެއްވި އިގްތިސާދީ ތަޖުރިބާކާރު ގާސިމް އިބްރާހިމް ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ސަރުކާރު ބަދުނާމުވާގޮތަށް ވާހަކަ ދައްކައި އެފަދަ އެއްވެސް ހަރަކާތެއް ހިންގައި ޖުމުހޫރީ ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދި ޕާޓީއަށް ގެއްލުންވާގޮތަށް އެއްވެސް ކަމެއް ކުރާނަމަ ޕާޓީގެ ފަރާތުން ހުށައަޅައިގެން ސިޔާސީ މަގާމުތަކަށް އިސްކޮށްފައިވާ ފަރާތްތައް އެމަގާމުތަކުގައި ދެމިތިބެގެން ނުވާނެ ކަމަށާއި، އެފަދަ ފަރާތްތައް މަގާމުތަކުން ދުރުކުރުމަށް ރައީސް ސޯލިހަށް ދަންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެެވެ.

ކޮވިޑް ކޮންޓްރޯލްކޮށް ގައުމު ހަމަމަގަށް އެޅުވުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ހިންގަވާ ހިކުމަތްތެރި މަސައްކަތްޕުޅަށް ތައުރީފް ކުރައްވަމުން އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ބައިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ގައުމުގައި ބައިބައިވުމަށާއި ފިތުނައަށް ޖާގަނުދީ ގައުމީ މަސްލަހަތު އިސްކޮށް މިވަގުތު އެންމެން ގުޅިގެން ކުރަންވީ މަސައްކަތަކީ މުޅި ރާއްޖެ ކޮވިޑުން ސަލާމަތްވެފައިވާ އަމާންތަނަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުންދީ ވީހާވެސް އަވަހަކަށް ކޮވިޑް ވެކްސިން ފުރިހަމަ ކުރެއްވުން ކަމަށެވެ.

"މިއީ ބައިބައިވުމާއި ފިތުނައަށް ޖާގަދޭންވީ ވަގުތެއް ނޫން. މިވަގުތު އެންމެން ގުޅިގެން މަސައްކަތްކުރަންވީ ރާއްޖެއަކީ ކޮވިޑުން ސަލާމަތްވެފައިވާ އަމާންތަނަކަށް ހެދުމަށް. ސަރުކާރުން ކުރައްވާ މަސައްކަތަށް އެއްބާރުލުން ދިނުން. އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުން ގޮވާލަން، އެންމެން އަވަހަށް ނިކުމެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް. ގައުމުގެ އިގްތިސާދު އާންމު ހާލަތަކަށް އަންނާނީ އޭރުން. މީ އެންމެން ގުޅިގެން ކުރަންޖެހޭ ކަމެއް." އިޖުތިމާއީ ގޮތުން ދިވެހި ރައްޔިތުންނަށް ދީލަތި އެހީތަކެއް ފޯރުކޮށްދެއްވަމުން ގެންދަވާ ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


8

އާންދު

12-Aug-2021

މިއީ ވަރަށްބޮޑާ ކިބުރުވެރި ސޭޓެއް.މިއީ ނަސޭހަތް ތެރިއެއްކަމަށް ގަބޫލުކުރީ މާގިނަ ބަޔަކު މިހާރަކު ނެތެވެ.މަށަކީވެސް މީނާގެ ޕާޓީގެ ރަޖިސްޓަރީ މީހެއް.ނަމަވެސް މަވެސް ދެން ސަލާމް.ގާސިމް އިބްރާހިމަށް ސަލާމް


-6

ޜިޔާޒް

12-Aug-2021

ޢެހެންވެ ދޯ ހަނަފީ ގޮސް އެ އޮންނަނީ ނާޒިމް ތޮއް ވަރިއަށް ވަދެ.


-2

މައުމޫން

12-Aug-2021

ހޭސޭޓާ ތިކަމެއްނުވާނެ މިހެރަބުރާންޗާ


0

ަމިފްކޯ

12-Aug-2021

ލިބޭވަރުގިނަކަމުންނޫނީކާސިމާއެއްވެސް ސަރުކާރަކައްތާއީދެއްނުކުރާނެ



ޓްރެންޑިން