އަހުމަދު މަސްނޫމް   6 އޯގަސްޓު 2021 - 20:9
3 މަސްދުވަހަށްފަހު ފުވައްމުލަކު އާންމު ހާލަތަށް ގެނަސް އެރަށް ހުޅުވާލައިފިއެވެ.

މިދިޔަ މޭމަހުގެ 5 ވަނަ ދުވަހު ފުވައްމުލަކަށް އަރައިފޭބުން މަނާކުރީ އެ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އޭގެކުރިން ފެބްރުއަރީމަހުގެ ތެރޭގައިވެސް ފުވައްމުލަކު ބަންދުކުރިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މޮނީޓަރިންގެ ހާލަތު އުވާލި ނަމަވެސް ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭނެކަމަށެވެ. އަދި، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ، ކައުންސިލުން މޮނީޓާރ ކުރާނެކަމަށްވެސް ކައުންސިލުން ބުނެއެވެ. އެގޮތުން މާސްކް އެޅުމާއި، ގައިދުރުކުރުކަން ބެހެއްޓުމުގެ އިތުރުން، ގިނަ މީހުން އެއްވެ ބާއްވާ ހަފްލާތައް ނުބޭއްވުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުވައްމުލަށް ސިޓީން މިހާތަނަށް 888 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިވަގުތު ކޯވިޑަށް ފަރުވާ ހޯދަމުންދަނީ 44 މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން