ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަގުވައްޓާލަން އެމްޑީޕީގެ ބައެއް އިސް މެމްބަރުން މަސައްކަތްކުރައްވާކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައީސް ޞާލިހަށް ފާޑުވިދާޅުވަމުންގެންދަވާ ދުވަސްވަރެއްގައެވެ. މިގޮތުން ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް، މިހާރު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ އެމްޑީޕީގެ އިސް ބޭފުޅުން ރައީސް ސާލިހުގެ އަގުވައްޓާލަން މަސައްކަތް ކުރެއްވުމަކީ ހިތާމަހުރިކަމެއްކަމަށެވެ. އަދި މިއީ ޤައުމަށް މިކަމުން އެއްވެސް ފައިދާއެއްވާނެކަމެއް ނޫންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި ޤައުމަށް އެކި ގޮތްގޮތުން ގޮންޖެހުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ސިޔާސީ ލީޑަރުންގެ އަމިއްލަ އެދުމަށްވުރެ ޤައުމީ މަސްލަތަހު އިސްކުރަންޖެހޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ހަރުކަށި ޝިއާރުތަކާއި އަސާސެއް ނެތް ތުހުމަތުތައް ކުރިއަސް ޤައުމުގައި ހުރި މައްސަލަތަކަށް ހައްލެއް ނުލިބޭނެކަމަށެވެ. އަދި ޤައުމަށް އެންމެ އުުނދަގޫ ކަންކަން ދިމާވި ދުވަސްވަރުވެސް، ލިބިފައިވާ މަދު ވަސީލަތްތަކާއެކު ރައީސް ސާލިހު ކާމިޔާބު މަސައްކަތްތަކެއް ކުރެއްވިކަން، އިދިކޮޅު ފަރާތްތަކުންވެސް ޤަބޫލުކުރަންޖެހޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



އެމްޑީޕީގެ އިސް މެމްބަރުން ރައީސް ޞާލިހުގެ އަގުވައްޓާލަން މަސައްކަތްކުރާކަމުގެ ވާހަކަތައް ދެކެވޭއިރު، ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްކަމަށްވާ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް އެތައް ޒަޚަމެއް ލިބިފައިވީ އިރުވެސް ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅުކަމަށް، ރައީސް ޞާލިހުގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން އަދާލަތު ޕާޓީއަށް ނިސްބަތްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ކަމަށެވެ. އަދި ރައީސް ޞޯލިހް މިހާރު ޢަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ނޭނގޭކަމަށް އަފީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން