މާލޭގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހެދުން ހުއްޓާލައިފިއެވެ.
މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހެދުމާއި ޤުނޫތު ނާޒިލާކިޔުން ފެށީ ކޯވިޑްން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކާއެކުއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގެ ކޯވިޑްގެ ހާލަތު ރަނގަޅުވުމާ ގުޅިގެން ރައްޔިތުންނަށް ގިނަ ލުއިތަކެއް ދީފައިވާކަން ފާހަގަކޮށްފައެވެ. އެހެންކަމުން މި ސަރަޙައްދުގެ މިސްކިތްތަކުގެ ޖަމާއަތް ގައިދުރުކޮށް ހެދުމާއި ޖަމާއަތުގެ ނަމާދުތަކުގައި ކޯވިޑްގެ ހާލަތާއި ގުޅިގެން ކިޔަމުން އައި ޤުނޫތު ނާޒިލާ ކިޔުން މިއަދުން ފެށިގެން މަޑުޖައްސާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ނަަމަވެސް ޖަމާއަތުގެ ނަމާދުތަކުގައި ޤުނޫތު ނާޒިލާ ކިޔުން މިވަގުތަށް ހުއްޓާލި ނަމަވެސް ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކޮށް، ސުންނަތް ނަމާދު ގިނަކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން ހުރިހާ އެންމެންވެސް މިސްކިތްތަކުގައި ތިބޭ ވަގުތުތަކުގައާއި ބޭރުގައި އުޅޭ ވަގުތުތަކުގައިވެސް މާސްކު އެޅުމަށާއި ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރެއެވެ.
މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމަޢާތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ނިންމީ މިދިޔަ މެއިމަހުގެ 19ވަނަ ދުވަހުން ފެށިގެންނެވެ. އަދި ހާލަތަށް ރިޢާޔަތްކޮށް މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި، ގައިދުރުކަމާއެކު ނަމާދުކުރުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން މިދިޔަ ޖޫންމަހުގެ 30 ވަނަ ދުވަހުވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު