މާޝާ މިދުހަތު   7 އޯގަސްޓު 2021 - 15:1
ބިލިއަނަރ ރިޗަރޑް ބްރޭންސަން އާއެކު ޖައްވަށް ދިޔަ ފްލައިޓުގެ ކްރޫއިން.
ބިލިއަނަރ ރިޗަރޑް ބްރޭންސަން އާއެކު ޖައްވަށް ދިޔަ ފްލައިޓުގެ ކްރޫއިން.
މަޝްހޫރު ބިލިއަނަރ ރިޗަރޑް ބްރޭންސަންގެ ސްޕޭސް ކުންފުނި، ވަރޖިން ގެލެކްޓިކްސްއިން ސްޕޭސް ޓުއަރިޒަމް ނުވަތަ ޖައްވުގައި ފަތުވެރިކަން ތައާރަފްކޮށް، ޖައްވަށް ދަތުރުކޮށްލުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލުމަށް ނިންމައިފިއެވެ.

މިފަދަ ނިންމުމެއް އެކުންފުނިން ނިންމާފައިވަނީ، ބިލިއަނަރ ރިޗަރޑް ބްރޭންސަންއާއި ފްލައިޓުގެ ކްރޫއިން ހިމެނޭގޮތަށް މިއަހަރުގެ ޖުލައި މަހު ޖައްވަށް ކުރި ކާމިޔާބު ދަތުރަށް ފަހުއެވެ. މިކާމިޔާބު ދަތުރަށްފަހު، ޖައްވަށް ދަތުރުކުރާ ކޮމާޝަލް ފްލައިޓުތައް މިއަންނަ އަހަރު ފެށުމަށް ތައްޔާރުވަމުން ދާކަމަށް ވަރޖިން ގެލެލްޓިކްސްއިން ހާމަކޮށްފައިވެއެވެ.

މީގެ ކުރިންވެސް ޖައްވުގައި ފަތުރުވެރިކަން ތައާރަފް ކުރުމަށް ކޮމާޝަލް ފްލައިޓުތަކެއް ބޭއްވުމަށް ނިންމައި 250،000 ޑޮލަރަށް ވަރޖިން ކުންފުނިން ވަނީ ޓިކެޓު ވިއްކާފައެވެ. ނަމަވެސް މިކަމަށް ތައްޔާރުވުމުގެ ގޮތުން ޓެސްޓު ފްލައިޓު ބާއްވަމުން ދަނިކޮށް ކުރިމަތިވި ހިތާމަވެރި ހާދިސާއަކަށްފަހު ޖައްވަށް ދަތުރުކުރާ ކޮމާޝަލް ފްލައިޓުތަކުން ޓިކެޓު ވިއްކުން ވަގުތީގޮތުން މެދުކަނޑާލިއެވެ.

މިހާދިސާ އަށްފަހު ގިނަ ޓެސްޓު ފްލައިޓުތަކެއް ބާއްވައި، ފުލް ކްރޫއިންނާއިއެކު ޖުލައި މަހު ޖައްވަށް ކުރި ކާމިޔާބު ދަތުރަށް ފަހު، ޖައްވަށް ކުރާ ކޮމާޝަލް ދަތުރުތައް ފެށުމަށް ވަރޖިން ކުންފުނިން އަނެއްކާވެސް ދަނީ ތައްޔާރުވަމުންނެވެ. އަދި މިއިން ފްލައިޓެއްގެ ޓިކެޓުގެ އަގު 450،000 ޑޮލަރާ ގާތް ކުރާނެކަމަށް ލަފާ ކޮށްފައިވާއިރު، ޓިކެޓު ވިއްކުމުގައި އެކި ޕެކޭޖްތައް ތައާރަފް ކުރެވޭނެކަމަށްވެސް ވަރޖިން ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް ކޮމާޝަލް ފްލައިޓުތައް ފަށާނީ އިތުރު ޓެސްޓު ފްލައިޓުތަކަށްފަހުކަމަށް ވަރޖިން ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ބިލިއަނަރ ރިޗަރޑް ބްރޭންސަންގެ އިތުރުން، ބިލިއަނަރ ޖެފް ބޭޒޯސް ގެ ބްލޫ އޮރިޖިން ކުންފުނި އަދި ބިލިއަނަރ އީލަން މަސްކްގެ ސްޕޭސް އެކްސް ކުންފުނިންވެސް ދަނީ ސްޕޭސް ޓުއަރިޒަމް ނުވަތަ ޖައްވުގައި ފަތުވެރިކަން ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން