އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ބައި-އިލެކްޝަންގެ ވޯޓުލުން 5 ރަށެއްގައި ފަށައިފިއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަން 4 ރަށެއްގައި ކުރިއަށް ގެންދާއިރު، 3 ވަނަ ބުރުގެ ވޯޓުލުންވެސް އެއް ރަށުގައި ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ބައި އިލެކްޝަން ކުރިއަށްދާ ހަތަރު ރަށަކީ، ނ.ކެނދިކުޅުދޫއާއި، ހދ.ނޮޅިވަރަމާއި، ކ.ދިއްފުށި އަދި އއ.ފެރިދޫއެވެ. އިންތިޚާބުގެ ތިންވަނަ ބުރެއް ބާއްވަނީ ހަމައެކަނި ނ.މަގޫދޫގައެވެ. ތިންވަނަ ބުރެއް ބާއްވަނީ، އިންތިިޚާބުގެ ބައި އިލެކްޝަންގައި ވާދަކުރި ދެ ކެނޑިޑޭޓެއްގެ ވޯޓު އެއްވަރުވުމާއި ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ހުރިހާ ރަށެއްގައިވެސް ހެނދުނު 8:00 ޖެހިއިރު ވޯޓުލުން ފެށުނުކަމަށެވެ. އަދި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މެންދުރުފަހު 3 ޖެހުމާއި ހަމައަށްކަމަށްވެސް އިލެކްޝަނުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ފަސް ރަށުގައި ކުރިއަށްދާ އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާންކުރާނެކަމަށެވެ. މި އިންތިޚާބުގެ ފަސް ރަށުގެ ވަގުތީ ނަތީޖާވެސް އިއުލާންކުރާނީ އއ.ފެރިދޫގައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުން މާލެއާއި ހދ.ނޮޅިވަރަމް، ނ.ކެނދިކުޅުދޫ، ނ.މަގޫދޫ، އއ.ފެރިދޫ އަދި ކ.ދިއްފުށީގައި މިއަދު 08:00 އިން ފެށިގެން 15:00ގެ ނިޔަލަށް ކުރިއަށް ދާނެ.
— Elections Commission (@ElectionsMv) August 7, 2021
ބައި އިލެކްޝަން ކުރިއަށްދާ ހަތަރު ރަށަކީ، ނ.ކެނދިކުޅުދޫއާއި، ހދ.ނޮޅިވަރަމާއި، ކ.ދިއްފުށި އަދި އއ.ފެރިދޫއެވެ. އިންތިޚާބުގެ ތިންވަނަ ބުރެއް ބާއްވަނީ ހަމައެކަނި ނ.މަގޫދޫގައެވެ. ތިންވަނަ ބުރެއް ބާއްވަނީ، އިންތިިޚާބުގެ ބައި އިލެކްޝަންގައި ވާދަކުރި ދެ ކެނޑިޑޭޓެއްގެ ވޯޓު އެއްވަރުވުމާއި ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ހުރިހާ ރަށެއްގައިވެސް ހެނދުނު 8:00 ޖެހިއިރު ވޯޓުލުން ފެށުނުކަމަށެވެ. އަދި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މެންދުރުފަހު 3 ޖެހުމާއި ހަމައަށްކަމަށްވެސް އިލެކްޝަނުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ފަސް ރަށުގައި ކުރިއަށްދާ އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާންކުރާނެކަމަށެވެ. މި އިންތިޚާބުގެ ފަސް ރަށުގެ ވަގުތީ ނަތީޖާވެސް އިއުލާންކުރާނީ އއ.ފެރިދޫގައެވެ.
ކިޔުންތެރިންގެ ހިޔާލު