ތިންއަހަރުވީއިރު ސަރުކާރުން ކުރަންޖެހޭ ކަންކަން ނުކުރެވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރެއްކަމަށްވާ ޔާސިރު މިހެން ވިދާޅުވީ، ކުޅުދުއްފުށީ އެއަރޕޯޓުގެ ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ޔާސިރު ވިދާޅުވީ ތާރުގަނޑަކުން އޮޕަރޭޝަނަލް އެއާާޕޯޓަކަށް ކުޅުދުއްފުށީ އެއަރޕޯޓް މިސަރުކާރުން 10މަސް ތެރޭ ބަދަލުކުރިކަމަށެވެ. އެހެންނަމަވެސް އިތުރަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވި 3 އަހަރު ވާން ދިޔުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށްވެސް ޔާސިރު ވިދާޅުވިއެވެ. އަދި ކުޅުދުއްފުށި ރައްޔިތުން އަބަދުވެސް ވޯޓު ދޭނީ ތަރައްޤީއަށްކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.



ކުޅުދުއްފުށި އެއާޕޯޓަކީ ރައީސް ޔާމީންގެ ސަރުކާރުން ބިނާކުރި އެއާޕޯޓެކެވެ. ނަމަވެސް އޭރު ވެރިކަން ނިމިގެންދިޔަ އިރު އެއާޕޯޓްގެ ގިނަ މަސައްކަތްތައް އޮތީ ނުނިމިއެވެ. އަދި މިސަރުކާރުން ހަވާލުވެގެން އެހާ ދުވަސްވީއިރުވެސް، އެކަންކަން ފުރިހަމަނުވެ އޮތުމުން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން