ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ނިސްބަތްވެ ވަޑައިގަންނަވާ ސިޔާސީ ޕާޓީ އޮޅިވަޑައިގެންފިކަމަށް ދޭހަވާ ގޮތަށް ވިލިފުށި ދާއިރާގެ މެންބަރު ޙަސަން އަފީފު ދެއްކެވި ވާހަކައަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ރައްދު ދެއްވައިފިއެވެ.
ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަކީ އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް މިހާރު ޔަގީން ނުވާކަމަށް އެމްޑީޕީގެ "މެއި ހައެއް" ކޮމިޓީގެ މުޤައްރިރު، ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ޓީވީ ޕްރޮގްރާމެއްގައި ވަނީ ވިދާޅުވެފައެވެ.
އަފީފްގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ގިނަ ބައެއްގެ ފާޑުކިޔުންވެސް ވަނީ އޭނާއަށް އަމާޒުވެފައެވެ. މިގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް ވަނީ އަފީފްގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
އަފީފްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ، އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރަކު އެފަދަ އެއްޗެއް ވިދާޅުނުވާނެކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ އެއްވެސް އެމްޕީއަކު މިހެން ވިދާޅުނުވާނެ" ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.
އާޒިމް ދެއްކެވި ވާހަކައިން ދޭހަވާ އެއްމާނައަކީ އެމްޑީޕީގެ އެމްޕީއެއްކަމަށްވާ އަފީފް އެފަދަ އެއްޗެއް ވިދާޅުނުވާނެކަމެވެ. ނޫނީ އަފީފް އެ ދެއްކެވި ވާހަކަތަކުން، އަފީފަކީ އެމްޑީޕީގެ މެމްބަރެއްކަމަށް އާޒިމް ދެކެވަޑައި ނުގަންނަވަނީއެވެ. އާއްމު ގޮތެއްގައި ބޭނުންކުރައްވާ ބަސްތަކުގެ ގޮތުން އާޒިމް ދައްކަވާ ވާހަކަތަކުން ދެތިން މާނަ ނެގޭ ގޮތްވެސްވެއެވެ.
އާޒިމްގެ އިތުރުން، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އެއްވެސް މެންބަރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ނިސްބަތްވެ ވަޑައިގަންނަވާ ސިޔާސީ ޕާޓީ އޮޅިވަޑައިގަންނަވާނަމަ، އެވާގޮތަކީ އެބޭފުޅަކު އަމިއްލައަށް އޮޅުނީ ކަމަށެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މެންބަރު އަފީފް ވިދާޅުވީ ރައީސް ޞާލިހް މިހާރު ޢަދާލަތު، ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ނޭނގޭ ކަމަށެވެ. އަދި ރައީސް ޞާލިހްގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި މިހާރު ތިބީ އަދާލަތު ޕާޓީގެ މެންބަރުން ކަމަށްވެސް އަފީފް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިހާއި ދެމެދު ހިނގަމުންދާ ސިޔާސީ ދެބަސްވުންތަކުގެ ސަބަބުން އެމްޑީޕީ ދެފެކްޝަނަށް ބެހިފައިވާއިރު އަފީފު މީގެކުރިން ފާހަގަ ވެފައިވަނީ ރައީސް ޞާލިހަށް ތާއީދު ކުރަށްވާ ބޭފުޅެއްގެ ގޮތުގައެވެ. ބުނެވޭ ގޮތުގައި ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ޚިޔާލު ތަފާތުވުންތައް ފުރަތަމަ ފެންމަތިވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ބޭފުޅަކު ހޮވުމުގައި އެމްޑީޕީގެ އެތެރޭގައި ކުރެވުނު މަސައްކަތް ތަކުގައި އަފީފު އެމަގާމަށް ގެނައުމަށް ރައީސް ޞާލިހު މަސައްކަތް ކުރެއްވި ހިސާބުންނެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީދާއިރާގެ ޓިކެޓް އަފީފަށް ލިބިވަޑައިގެންނެވީވެސް ރައީސް ޞާލިހު ތާއީދާއެކުގައި ކަމަށް އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ވިދާޅުވެއެވެ.
ނަމަވެސް މިފަހުން ޕާޓީގެ އެތެރޭގައި ހިނގާދިޔަ ޚިޔާލުތަފާތުވުން ތަކުގެ ތެރެއިން އަފީފު ފެނިގެން މިދިޔައީ ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅެއްގެ ގޮތުގައެވެ. އަދި ސީދާ ރައީސް ޞާލިހަށް އަމާޒުކޮށް މިހާތަނަށް އެމްޑީޕީގެ އެހާ ދުވަސްވީ މެންބަރަކު ވިދާޅުނުވާ ފަދަ މަލާމާތުގެ ބަސްތައް އަފީފު ވިދާޅުވުން ވެގެން ދިޔައީ ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް އަމާޒުވެގެން ދިޔަ ކަމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު