މިނިވަން މުއައްސަސާތަކުން ޒިންމާ އަދާނުކުރާ މައްސަލަ މަޖިލީހުން ބަލަންޖެހޭކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
މެމްބަރު ނިހާދު މިހެން ވިދާޅުވީ ސީދާ ކޮންކަމަކާއި ގުޅިގެންކަމެއް ނޭނގެއެވެ. ނަމަވެސް އޭނާ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ދާދިފަހުން އިދިކޮޅަށް ނިސްބަތްވާ ޓީވީ ސްޓޭޝަނެއްގެ ޕްރޮގްރާމަކުން ގެނެސްދިން ކޮންޓެންޓެއްގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. އަދި މިމައްސަލައިގައި އެކަމުގެ ޒިންމާ މަތިކޮށްފައި އޮންނަ މިނިވަން މުއައްސަސާކަމަށްވާ، ބްރޯޑްކާސްޓިން ކޮމިޝަނަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މެމްބަރު ނިހާދު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އަދާނުކުރާ މައްސަލަ ކަމާއިބެހޭ ކޮމިޓީތަކުން ބަލަންޖެހޭކާމަށެވެ. އަދި މިނިވަން މުއައްސަސާތައް ޒިންމާދާރު ކުރުވަން ކުރަންޖެހޭ މަސައްކަތް ބާރު ސްޕީޑުގައި ޒިންމާދާރުކަމާއެކު، ކޮމިޓީތަކުން ކުރިއަށްގެންދަންޖެހޭ ކަމަށްވެސް ނިހާދު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މީޑިއާތަކުން ސުލޫކީ މިންގަނޑު ހިފެހެއްޓުމަށް ނަސޭޙަތްތެރިވެފައެވެ.
ބްރޯޑްކޮމުން އިއްޔެ ބުނީ ރާއްޖޭގެ މީޑިއާ އަކުން ގެނެސްދިން ޕްރޮގްރާމެއްގެ ކޮންޓެންޓް އެ ކޮމިޝަންގެ ސަމާލްކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން މައްސަލަ ބެލެމުގައި ގެންގުޅޭ އިޖުރާޢަތްތަކާއި އެއްގޮތަށް އެކަން ބަލަމުންދާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

Miniwan Muassasaa thakuge Qaanoonee zinmaa adhaa nukuraa massala kamaai behey committee thakun balan Jehey! Miniwan Muassasaa thah zinmaadhaaru kuruvan kuran jehey masakkaih baaru speed gai zinmaadhaaru kamaai eku, Commitee thakun Kuriyah gendhan Jehey!
— Feydhoo Meehaa (Mohamed Nihad) (@nihad_m) August 7, 2021
މިކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މީޑިއާތަކުން ސުލޫކީ މިންގަނޑު ހިފެހެއްޓުމަށް ނަސޭޙަތްތެރިވެފައެވެ.
ބްރޯޑްކޮމުން އިއްޔެ ބުނީ ރާއްޖޭގެ މީޑިއާ އަކުން ގެނެސްދިން ޕްރޮގްރާމެއްގެ ކޮންޓެންޓް އެ ކޮމިޝަންގެ ސަމާލްކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން މައްސަލަ ބެލެމުގައި ގެންގުޅޭ އިޖުރާޢަތްތަކާއި އެއްގޮތަށް އެކަން ބަލަމުންދާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު