ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް އިންސާފު ލިބުނު ކަމަށް ވަނީ ކޮންކަމެެއް ފުރިހަމަވެގެންތޯ ވިދާޅުވެ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ސުވާލު އުފައްދަވައިފިއެެވެ.
މެއި ހަވަނަ ދުވަހު ރައްޔިތުން މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި ބައިވެރިވި ހަތަރު މީހެއްގެ މައްޗަށް ދައުލަތުން މިހާރު ވަނީ ދައުވާކޮށްފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާގައި އަމަލީގޮތުން ބައިވެރިވި އިސް މީހުންގެ މައްޗަށް ދައުލަތުން ދައުވާ ކުރި ނަމަވެސް އެމަނިކުފާނަށް އިންސާފު ނުލިބޭކަމަށްބުނެ އެމްޑީޕީގެ މެމްބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެެ.
އެކަމާއި ގުޅިގެން އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ހަމަލާ ދިން މީހުން ހޯދައި އެމީހުންގެ މައްސަލަތައް ޝަރީއަތަށް ފޮނުވާފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާއަކީ ވަކި މީހަކު ނުވަތަ ބަޔަކު ފަންޑުކޮށްގެން ކުރިކަމެއް ނޫންކަން މިހާތަނަށް ކުރި ތަހުގީގުން ނިންމާފައިވާ ކަމަށް އިބްރާ ވިދާޅުވިއެެވެ.
"ރައީސް ނަޝީދަށް އިންސާފު ލިބުން ކަމަށްވަނީ ކޮންކަމެއް ވީމަބާ؟ އެކަމެއް އެގެން ވެއްޖެ. އޭރުންތާ ސަރުކާރަށް އެކަމެއް ކުރަން އެނގޭނީވެސް." ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އިބްރާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މީހުން ފިލަން އެހީތެރިވިކަމަށް ފުލުހުން ތުހުމަތު ކުރާ ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތްކަމަށް ބުނެ ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިއްމުމުން ފުލުހުން މިހާރު ވަނީ އޭނާ ދޫކޮށްލާފައެވެ.
ރައީސް ނަޝީދަށް ހަމަލާދިން މައްސަލައާއި ގުޅިގެން 10 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެެވެ. އެމައްސަލައިގައި ދައުލަތުން މިހާތަނަށް ދައުވާ އުފުލާފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމަށެވެ.
އެމީހުންގެ މައްޗަށް ބޮޑެތި ހުކުމްތަކެއް އަންނާނެ ދައުވާތަކެއް ވަނީ އުފުލާފައެވެ. ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލި ކަމަށް އެމައްސަލައިގައި ހައްޔަރުކޮށްފައިވާ އަދުހަމް އަހްމަދު ވަނީ އިއުތިރާފުވެފައެވެ. އަދުހަމާއެކު ދައުލަތުން އިއުތިރާފު އެއްބަސްވުމެއް ހަދައި 23 އަހަރުގެ ހުކުމަކަށް އޭނާ މިހާރު ވަނީ އެެއްބަސްވެފައެެވެ.

Majlis Raees ah hamalaa dhin meehun hoadhaa, shareeathah fonuvaifi.
— Ibra - Unapologetically for Justice (@ibramandhu) August 6, 2021
Vaki bayaku/meehaku fund koggen kuri kameh noon kamah qaaim koffi.
"RN ah insaafu libun" kamah vaanee kon kameh veemaa baa eve? Ekameh en'gen vejje eve. Eyrunthaa sarukaarun ekameh kuran en'geyneeves.
"ރައީސް ނަޝީދަށް އިންސާފު ލިބުން ކަމަށްވަނީ ކޮންކަމެއް ވީމަބާ؟ އެކަމެއް އެގެން ވެއްޖެ. އޭރުންތާ ސަރުކާރަށް އެކަމެއް ކުރަން އެނގޭނީވެސް." ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އިބްރާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މީހުން ފިލަން އެހީތެރިވިކަމަށް ފުލުހުން ތުހުމަތު ކުރާ ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތްކަމަށް ބުނެ ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިއްމުމުން ފުލުހުން މިހާރު ވަނީ އޭނާ ދޫކޮށްލާފައެވެ.
ރައީސް ނަޝީދަށް ހަމަލާދިން މައްސަލައާއި ގުޅިގެން 10 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެެވެ. އެމައްސަލައިގައި ދައުލަތުން މިހާތަނަށް ދައުވާ އުފުލާފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމަށެވެ.
އެމީހުންގެ މައްޗަށް ބޮޑެތި ހުކުމްތަކެއް އަންނާނެ ދައުވާތަކެއް ވަނީ އުފުލާފައެވެ. ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލި ކަމަށް އެމައްސަލައިގައި ހައްޔަރުކޮށްފައިވާ އަދުހަމް އަހްމަދު ވަނީ އިއުތިރާފުވެފައެވެ. އަދުހަމާއެކު ދައުލަތުން އިއުތިރާފު އެއްބަސްވުމެއް ހަދައި 23 އަހަރުގެ ހުކުމަކަށް އޭނާ މިހާރު ވަނީ އެެއްބަސްވެފައެެވެ.
ކިޔުންތެރިންގެ ހިޔާލު