މާލޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ މާލޭގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.
"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވަނީ، 14 އަހަރުގެ އަންހެން ކުއްޖަކަކެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ، އެ ކުއްޖާއަށް ޖިންސީ ގޯނާކުރީ، ކުއްޖާ އުޅޭ ގެއަށް ގޮސް އުޅޭ، އާއިލީ ގޮތުން ގުޅުން އޮންނަ މީހެއްކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ބެލުމުގެ ދަށަށް މީހަކު ގެންދާ މަންޒަރުފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ނަމަވެސް މިމައްސަލައިގައި މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު