ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޓީމުތައް އަތޮޅުތަކަށް ކުރާ ދަތުރުތަކެއް ފަށައިފިއެވެ.
ޕީޕީއެމުން ބުނީ މިއީ "މަވެސް ޕީޕީއެމް އަތޮޅު ދަތުރު"ގެ ނަމުގައި ފަށާ ކެމްޕެއިން ދަތުރުތަކެއްކަމަށެވެ.
މިދަތުރުގެ ތެރެއިން، ޕީޕީއެމް/ ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ޓީމެއް މިއަދު ވަނީ ހއ. އަތޮޅަށް ދަތުރުތަކެއް ފަށާފައެވެ. މިޓީމުގައި އިސްކޮށް ހުންނެވީ ޕީއެންސީގެ ޑެޕިއުޓީ ލީޑަރު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއުއެވެ.
މިދަތުރާއި ގުޅިގެން ޕީޕީއެމުން ކޮށްފައިވާ ބައެއް ޓްވީޓްތަކުގައި ބުނެފައިވަނީ، މިއީ "ރައީސް ޔާމީންގެ ކެމްޕެއިން ޓީމު" އަތޮޅުތަކަށް ކުރައްވާ ޒިޔާރަތެއްކަމަށެވެ. އަދި މިޒިޔާރަތުގައި "ރައީސް ޔާމީންގެ ކެމްޕެއިން ޓީމު" ހަނިމާދޫއަށް މިއަދު ޒިޔާރަތްކޮށް، އެރަށުގެ ޕީޕީއެމް ސްޓިއަރިންގ ކޮމިޓީއާ ވަނީ ބައްދަލުކޮށްފައެވެ. އަދި އެރަށުގެ ރައްޔިތުންނާއިވެސް އެޓީމުން ބައްދަލުކުރިއެވެ. މީގެއިތުރުން އެރަށުން ބައެއް މީހުން ވަނީ ޕީޕީއެމާ ގުޅިފައެވެ.
ރައީސް ޔާމީންގެ ކެމްޕެއިން ފަށާފައިވާކަން ދޭހަވާ މަންޒަރުތައް ފެންނަމުންދާއިރު، ޕީޕީއެމުން ތަކުރާރުކޮށް ދަނީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަމަށް ބުނަމުންނެވެ. އަދި އެ ނޫން ހާލަތަކަށް ޕީޕީއެމުން ނުވިސްނާ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.
ރައީސް ޔާމީންގެ މައްޗަށް މިހާރު އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގާނޫނު ތަނެއް ނުދެއެވެ. ނަމަވެސް އެ ހުކުމްތައް ކޯޓުން ބާތިލްކޮށްފިނަމަ، އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެއްވެސް ހުރަހެއް ނެތެވެ.

Raees Yameen ge Campaign Team thah atholhuthakah kuravvaa Ziyaarathuge therein
— PPM HulhuMale (@PPMHulhumale) August 7, 2021
HDH.Hanimaadhoo PPM Steering Committee aa Bahdhalu kurun.#MavesPPM #AtholhuDhathuru pic.twitter.com/sF0TBA3wAg
ރައީސް ޔާމީންގެ ކެމްޕެއިން ފަށާފައިވާކަން ދޭހަވާ މަންޒަރުތައް ފެންނަމުންދާއިރު، ޕީޕީއެމުން ތަކުރާރުކޮށް ދަނީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަމަށް ބުނަމުންނެވެ. އަދި އެ ނޫން ހާލަތަކަށް ޕީޕީއެމުން ނުވިސްނާ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.
ރައީސް ޔާމީންގެ މައްޗަށް މިހާރު އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގާނޫނު ތަނެއް ނުދެއެވެ. ނަމަވެސް އެ ހުކުމްތައް ކޯޓުން ބާތިލްކޮށްފިނަމަ، އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެއްވެސް ހުރަހެއް ނެތެވެ.
ކިޔުންތެރިންގެ ހިޔާލު