ބައެއް މީހުންގެ ގާތުގައި އިންސާފު ލިބުމަކީ ގައުމުގެ ވެރިކަން ލިބުން ކަމަށް ހީވާ ކަމަށް ސަލަފު ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ރަމީޒު ވިދާޅުވެއްޖެއެެވެ.
ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަލަފު ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒު ވިދާޅުވީ ބައެއް މީހުންގެ ގާތުގައި އިންސާފު ލިބުމަކީ ގައުމުގެ ވެރިކަން ލިބުން ކަމަށް ހީވާ ކަމަށެވެ.
"އަނިޔާ ލިބޭ ކޮންމެ މީހަކަށް ލިބެންޖެހޭ ބަދަލަކީ ގައުމުގެ ވެރިކަން ހެއްޔެވެ؟" އަލީ ރަމީޒު ސުވާލު ކުރެއްވިއެވެ.
އަލީ ރަމީޒުގެ ވާހަކައިގައި ވަކި ބޭފުޅެއްގެ ނަމެއް ވިދާޅެއްނުވެއެެވެ.
އެހެން ނަމަވެސް އަލީ ރަމީޒު އެ އިޝާރަތް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ދިން ހަމަލާގައި އަމަލީގޮތުން ބައިވެރިވި އިސް މީހުންގެ މައްޗަށް ދައުލަތުން ދައުވާ ކުރި ނަމަވެސް އިންސާފު ނުލިބޭކަމަށް، އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އެމްޑީޕީގެ މަޖިލިސް މެމްބަރުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް އިޝާރާތް ކުރަށްވައި ކަމަށް ބެލެވެއެވެ.
ބައެއް މީހުންގެ ގާތުގައި އިންސާފު ލިބުމަކީ ގައުމުގެ ވެރިކަން ލިބުން ކަމަށް ހީވާ ކަމަށް އަލީ ރަމީޒު ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު މިހާރު ވަނީ ރާއްޖޭގެ ބޮޑުވަޒީރުކަން ބޭނުންފުޅުވާކަން ހާމަކުރައްވައި ރައީސް ސޯލިހަށް ހުށައަޅުއްވާފައެވެ. ޢަދި ރައީސް ނަޝީދު މިހާރު ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް ނިންމަވައި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަންވެދް ވަނީ އިއުލާންކުރައްވާފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަންޑުކުރި ބަޔަކު ފުލުހުންނަށް ހޯދުމުން ނޫނީ ހަމަލާއަށް އިންސާފު ގާއިމް ކުރި ކަމަށް ނުވާނެ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާއަކީ ބަޔަކު ފަންޑުކޮށްގެން ދިން ހަމަލާ އެއްކަމަށް ބެލެވޭ އެެއްވެސް ހެއްކެއް ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދިފައެއް ނުވެއެެވެ.

Bayeh meehunge gaathugai insaafu libumakee verikan libun kamugai heeve eve. Aniyaa libey komme meehakah liben jehey badhalakee qaumuge verikan heyyeve?
— Ali Rameez 🇲🇻🇵🇸 (@aliramyz) August 7, 2021
އެހެން ނަމަވެސް އަލީ ރަމީޒު އެ އިޝާރަތް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ދިން ހަމަލާގައި އަމަލީގޮތުން ބައިވެރިވި އިސް މީހުންގެ މައްޗަށް ދައުލަތުން ދައުވާ ކުރި ނަމަވެސް އިންސާފު ނުލިބޭކަމަށް، އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އެމްޑީޕީގެ މަޖިލިސް މެމްބަރުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް އިޝާރާތް ކުރަށްވައި ކަމަށް ބެލެވެއެވެ.
ބައެއް މީހުންގެ ގާތުގައި އިންސާފު ލިބުމަކީ ގައުމުގެ ވެރިކަން ލިބުން ކަމަށް ހީވާ ކަމަށް އަލީ ރަމީޒު ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު މިހާރު ވަނީ ރާއްޖޭގެ ބޮޑުވަޒީރުކަން ބޭނުންފުޅުވާކަން ހާމަކުރައްވައި ރައީސް ސޯލިހަށް ހުށައަޅުއްވާފައެވެ. ޢަދި ރައީސް ނަޝީދު މިހާރު ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް ނިންމަވައި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަންވެދް ވަނީ އިއުލާންކުރައްވާފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަންޑުކުރި ބަޔަކު ފުލުހުންނަށް ހޯދުމުން ނޫނީ ހަމަލާއަށް އިންސާފު ގާއިމް ކުރި ކަމަށް ނުވާނެ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާއަކީ ބަޔަކު ފަންޑުކޮށްގެން ދިން ހަމަލާ އެއްކަމަށް ބެލެވޭ އެެއްވެސް ހެއްކެއް ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދިފައެއް ނުވެއެެވެ.
ކިޔުންތެރިންގެ ހިޔާލު