ގައުމަށް ޚިދުމަތްކުރުމުގައި ކުރިޔަށް އޮތް ތާނގައި ސިޔާސީ މައިދާނުންވެސް ފެނިދާނެކަމަށް ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.
ޕްރޮފެސަރ ހަސަން އުގެއިލް މިހެން ވިދާޅުވީ ރ. މީދޫ ޒުވާނުންގެ އުންމީދު ޖަމިއްޔާއިން ކުރިޔަށް ގެންދާ އުންމީދީ ސައްލާގެ 3 ވަނަ ޕްރޮގްރާމުގައި ޚާއްޞަ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން އާންމު ފަރާތަކުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެެވެ.
"އަޅުގަނޑަކީ ދިވެހި ރާއްޖޭއާ ދުރުގައި ހުއްޓަސް ދިވެހީންނާ ދުރުގައި ހުންނަ މީހެއް ނޫން. ދިވެހި ކުދީންނަށް ކިޔަވައިދިނުމާއި އެކި ޖަމިއްޔާ ޖަމާއަތްތަކަށް އެކި އިލްމީ އެހީތެރިކަން އަޅުގަނޑު ފޯރުވައިދެން. ގައުމަށް ކުރިއެރުން އެދި ގައުމީ ޚިދުމަތް އަބަދުވެސް ކުރިޔަށް ގެންދަން. އެ ގޮތުން ކުރިޔަށް އޮތް ތާނގައި ސިޔާސީ މައިދާނުން ފެނިދާނެ." އައްޑު އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ އުގެއިލް ވިދާޅުވިއެވެެ.
ރޭގެ މި ސައްލާގެ މައުޟޫއެއްގެ ގޮތުގައި އޮތީ ގައުމު ބިނާކުރުމުގައި އިލްމާއި ހިލްމުގެ މުހިންމުކަމުގެ މައްޗަށެވެ. ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުގެއިލް ވިދާޅުވީ ގައުމެއްގެ ހުރިހައި ކަމެއް ބިނާވާން ޖެހޭނީ އެ ގައުމެއްގެ ރައްޔިތުންގެ ލާބަޔާއި މަންފާޔަށްޓަކައި ކަމަށާއި، އެ ކަމަށްޓަކައި ދަރިވަރުންނަށް ދެވޭ ތަޢުލީމު ގައުމީވަންތަކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހިރާއްޖޭގައި ނަމަ ރާއްޖޭގެ ތައުލީމު ބިނާވާން ޖެހޭނީ ދިވެހީންގެ އާދަކާދަތަކާއި ދީނާއި ބަހާއި ސަގާފަތުގެ މައްޗަށް ކަމަށާއި ދިވެހީން ހަރުދަނާ އަގުހުރި ބަޔަކަށް ވާނީ އޭރުން ކަމަށް އުގެއިލް ވިދާޅުވިއެވެ.
އުގެއިލް ވިދާޅުވީ ގައުމު ބިނާކުރުމުގައި ތަޢުލީމީ މީހުންނަށް އިސްކަންދޭން ޖެހޭކަމަށެވެެ. ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ދެނެގަނެ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި އެންމެންނަށް ހަމަހަމަ އިންސާފުވެރި އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރުން މުހިންމު ކަމަށް ވެސް އުގެއިލް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ގާތްގަނޑަކަށް 98 އިންސައްތައަކީ ކަނޑު ކަމަށްވާއިރު، ފަތުރުވެރިކަމަށް ބޭނުންކުރެވެނީ އޭގެ ގާތްގަނޑަކަށް އެންމެ އިންސައްތައެއް ކަމަށް އުގައިލް ވިދާޅުވި އެވެ.
"ފަތުރުވެރިކަން ނޫނަސް ރާއްޖޭގެ ކަނޑު އަޑީގައި ވާ މަސްމަހާމެއްސާއި ހިރިހިރިޔާއި ޤުދުރަތީ މަޢުދަންތަކަކީ ސައެންސްގެ އަލީގައި އޭގެ އަގުކުރެވިއްޖެ ނަމަ ހަމަ ކޮންމެ ރަށަކަށް ކޮންމެ ފަރުދަކަށް ބޮޑު ފުދުންތެރިކަމެއް ގެނެވިދާނެ އިލާހީ ދެއްވުންތަކެއް. ކުރި އަރަމުން އަންނަ ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހެޔޮ ނަތީޖާތަކެއް ނެރެވިދާނެ." އުގެއިލް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުން އުގައިލް ފެނުން ވަރަށް ގާތްކަމަށް އޭނާ ވިދާޅުވެފައިވާއިރު 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓެއްގެ ގޮތުގައި އުގައިލް ފެނިދާނެ ކަމުގެ އަޑުތައް މިހާރުވެސް ވަނީ ފެތުރެން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު