އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދޫކޮށްފައިވާ ބިމުގައި ޖަހާފައިވާ ފެންސް ނެގެމަށްފަހު އެތަކެތި ބޭނުންކޮށް، މާލޭ ސިޓީ ކައުންސިލުން ބޮޑު ޖަރީމާއެއް ހިންގައިފިއެވެ.

2016 ވަނަ އަހަރު ސްޓެލްކޯއަށް އިންޑަސްޓްރިއަލް ވިލެޖުން 21،000 އަކަފޫޓުގެ ބިމެއް ދޫކުރީ އެ ކުންފުނީގެ ބެކަޕް ޕަވާ ހައުސްއަކާއި ބެކަޕް ބެޓަރީ ސްޓޯރޭޖެއް ހެދުމަށެވެ. ތިލަމާލެ ބްރިޖާއެކު މާލެއާއި ތިލަމާލޭގެ ކަރަންޓް ވިއުގަ އެއްވިއުގައަކުން ގުޅާލުމަށްޓަކައި އެ ބިމުގައި 132 ކިލޯވޯލްޓުގެ ސަބްސްޓޭޝަނެއްވެސް ބަހައްޓަން ސްޓެލްކޯއިން ވަނީ ނިންމާފައެވެ.

ސްޓެލްކޯގެ ތަކެތި ސިޓީ ކައުންސިލުން ބޭނުންކުރަމުންދާއިރު، ސްޓެލްކޯގެ ބިމުގައި ބަހައްޓާފައިހުރި ސެކިއުރިޓީ ކެމެރާ ހަރުކުރަން ބޭނުންކުރާ ތަކެތި ވެސް ވަނީ ގެއްލިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ އެބިން މިދިޔަ ބަންދު ތެރޭގައި ހުސްކޮށްފައިވަނީ އެއްވެސް އިންޒާރެއްވެސް ދިނުމެއްނެތި ކަމަށެވެ. އެކަމުގައި ސިޓީ ކައުންސިލްގެ ބަހެއް ލިބިފައިނުވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ސްޓެލްކޯ އިން މިހާރުވަނީ އެ މައްސަލަ ފުލުހުންނަށްވެސް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު