ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު މަރު ކޮމިޝަނަށް ޙާޟިރުކޮށްފި އެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ، ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ވަގަށް ނެގި މައްސަލައާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އެ ކޮމިޝަނަށް ހާޒިރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އޮގަސްޓް 8، 2014 ގައި ރިޟުވާން ގެއްލުވައިލިއިރު ފުލުހުންގެ އިސްވެރިއަކަށް ހުންނެވީ ހުސައިން ވަހީދު އެވެ. ޙުސައިން ވަޙީދުގެ މައްޗަށް މަރު ކޮމިޝަނުން ކުރަނީ ރިޟުވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތެވެ.
ރިޟުވާން ގެއްލުއްވާލި މައްސަލާގައި ތަހުގީގަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މިދިޔަ ހަފްތާގެ ތެރޭގައި މަރު ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. ނަމަވެސް އެ ކޮމިޝަނުގައި ރައީސް ޔާމީން ވަނީ ހަނު ހުރުމުގެ ޙައްޤުގެ ބޭނުން ކުރަށްވާފައެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަކީ މި ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް އިބްރާހިމް މުހަންމަދު ޞާލިޙް އުފެެއްދެވި ކޮމިޝަނެކެެވެ. އެހެންނަމަވެސް ވެރިކަމުގެ ދައުރު ދެބައިވެފައިވާއިރު އެކޮމިޝަނަށް އެދެވޭ އެއްވެސް ނަތީޖާއެއް ނެރެވިފަައި ނުވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ކޮމިޝަނަށް ވަނީ އަމާޒުވެފައެވެ.
ރިޔާސީ ކޮމިޝަންގެ ރައީސަކަށް ކުރިން ހުންނެވި އަލްއުސްތާޛު ހުސްނުއްސުއުދޫ މިހާރު ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހަމަޖައްސާފައެެވެ. އޭރު މަރުކޮމިޝަނުން ރިޟުވާން މައްސަލާގައި އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ރިޟުވާން ވަގަށް ނެގި މީހުން ވަނީ އޭނާ ކަނޑުފައްތާ މަރާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު