ރާއްޖެ ދުށް އެންމެ މަތިވެރި ގައުމީ ބަތަލް ބޮޑުތަކުރުފާނު ތެދުވެވަޑައިގެންނެވީ ބޭރުގެ ވިޔަފާރި މަނާކުރުމުން އެކަމުން ސަލާމަތްވުމަށް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ކުޑައިމީސްކޮށް މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ވާހަކަ ދައްކަވައިފިއެވެ.

ހއ. އުތީމަށް ނިސްބަތްވެވަޑައިގަންނަވާ ބޮޑުތަކުރުފާނަކީ، ރާއްޖެދުށް އެންމެމަތިވެރި ގައުމީ ބަތަލެވެ. ގައުމީ ދުވަސް ނިސްބަތްވަނީ އުތީމު ބޮޑުތަކުރުފާނު ޕޯޗްގީޒު އިސްތިއުމާރުން ދިވެހި ގައުމުގެ ދީނާއި ދިވެހި ގައުމުގެ މިނިވަންކަމާއި ރައްޔިތުން ސަލާމަތްކޮށްދެއްވި ހާދިސާއަށެވެ. އެހާދިސާ ހިނގާފައި ވަނީ 1 ރަބީއުލްއައްވަލް 981 ގައެވެ.

ރާއްޖޭގެ މީޑިޔާ އަކުން މިރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވީ، ކޮންމެ މީހަކުވެސް ކަމެއް ކުރާނީ އަމިއްލަ އެދުމެއް އޮވެގެން ކަމަށާއި، އޭރު ބޮޑުތަކުރުފާނަކީ ރާއްޖެއިން ބޭރަށް ވިޔަފާރި ދަތުރުކުރެއްވި ބޭފުޅެއް ކަމަށެވެ. ބޮޑުތަކުރުފާނު ތެދުވަޑައިގެންނެވީ އެމަނިކުފާނުގެ ވިޔަފާރި މަނާކުރުމުން އެކަމުން ސަލަމާތްވުމަށް ކަމަށް ސަރަނގު އާދަމް މަނިކު ވިދާޅުވިއެވެ. އަދި ރާއްޖެ ޕޯޗުގީޒުންގެ އަޅުވެތި ކަމުގެ ދަށުގައި އޮތްކަން އެގެން ނެތް ކަމަށް ވިދާޅުވެ ސަރަނގު އާދަމް މަނިކު ވަނީ ދިވެހި ތާރިޚު އޮޅުވާލަން މަސައްކަތް ކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ގައުމުގައި އެންމެ މަތިވެރި ބަތަލުންނަށް މިތިބީ ބޮޑުތަކުރުފާނު. އެބޭފުޅުންނަކީ އޭރުގައި ރާއްޖެއިން ބޭރަށް ވިޔަފާރި ދަތުރުކުރާ ބަޔެއް. އެމީހުުންނަށް އެކަން މަނާކުރީމަ އެމީހުން ތެދުވީ އެކަމުން ސަލާމަތްވާން. ނަތީޖާއަކީ ރާއްޖެއިން މި މީހުންގެ (ޕޯޗުގީޒުންގެ) ބާރުގެ ދަށުން ސަލާމަތްވީ، މިއަދާ ހަމަޔަށް ވެސް ޕޯޗުގީޒުން ލިޒްބަންގައި ހުންނަ މިއުޒިއަމަށް ގޮސްގެން ވެސް އެތާ ފޮތްތަކަށް ބަލާއިރުގައި ވެސް ޕޯޗުގީޒުންގެ އަތްދަށުގައި ރާއްޖެ އޮތް ކަމަކަށް އެއްވެސް ލިޔެކިޔުމެއް ވެސް ނެތް. މިދެން ހަމަ ވަރަށް ކައިރިން ހިނގާފައި އޮތް ކަމެއް." ސަރަނގު އާދަމް މަނިކު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރަނގު އާދަމް މަނިކު ވިދާޅުވީ ރާއްޖެއިން ބޭރުން އައިސްފައިވާ ހުރިހާ ހަމަލާތަކަކީ އަޅުގަނޑުމެންގެ ތެރޭގައި އުފެދުނު ދެބަސްވުންތަކުގެ ތެރެއިން އައިސްފައިވާ ހަމަލާތަކެއް ކަމަށެވެ. އެ ހަމަލާތަކަކީ ޕޯޗުގީޒުން ގަތް ގަނޑެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައްލަވާ އަލި ރަސްގެފާނާއި ހަމައިން ނޫންތޯ ޕޯޗުގީޒު މީހުން އައީ. އިންޑިޔާގެ މަލާބަރީންނާއި ޕޯޗުގީޒުންނާއި ކަންނަންނޫރު ރަސްގެފާނާއި މިއެންމެން ކިހިނެއްތޯ މިވީ. އެއްބަފާ ބޭފުޅެއް ރަސްކަން ނުލިބުނީމާ ރުޅިއައިސްގެން ގޮސް އިންޑިޔާއަށް އެމީހުންނަށް އާދޭސް ކޮށްގެން ރާއްޖެއާއި ތޮޅެން އަލިރަސްގެފާނުގެ ދުވަސް ދުއްވާލަންް ވަޑައިގަތީ ނޫންތޯ؟ މިއީ ކޮންމެހެން ޕޯޗުގީޒުން ގަތްގަނޑެއް ނޫނެއް ނޫންތޯ؟" ސަރަނގު އާދަމް މަނިކު ވިދާޅުވިއެވެެ.

ޕޯޗްގީޒުން ރާއްޖެ އަޅުވެތިކުރީ 1 ޝަޢުބާން 965 ގައި ރާއްޖޭގެ ރަސްކަމުގައިހުންނެވި އަލިރަސްގެފާނު ޝަހީދުކޮށްލުމަށްފަހު އެވެ. އޭގެފަހުން 15 އަހަރާއި މަސް ތަކެއް ވަންދެން އެމީހުން ރާއްޖެ އިސްތިއުމާރުކޮށް އަޅުވެތިކޮށްގެން ވަނީ ގެންގުޅެފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

އުތީމު މީހާ

12-Aug-2021

ސަރަގު ކިޔުނަސް ތީދަތުރުކުރަން ނޭނގޭ ސަރަގެއް ދެން ތަކުުރުފާނާ ބެހޭގޮތުން އެނގޭނީ ކޮންއެއްޗެއް؟



ޓްރެންޑިން